ކ. މާލެ
|
20 ޖުލައި 2022 | ބުދަ 13:16
ދިނެޝް ގުނަވަރްދަނާ
ދިނެޝް ގުނަވަރްދަނާ
ލަންކާގެ އައު ބޮޑުވަޒީރަކު އައްޔަނުކުރުން
ލަންކާގެ ބޮޑުވަޒީރުކަމަށް ދެން އައްޔަނުކުރައްވާނީ ދިނެޝް ގުނަވަރްދަނާކަމަށް ރިޕޯޓުތައް ބުނެފި
ވިކްރަމަސިންގހަ މަގާމުގައި ހުންނަވާނީ 2024 ވަނަ އަހަރާ ހަމައަށް ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ ދައުރުގެ ބާކީ އޮތްބައި ފުރިހަމަކުރައްވަން ކަމަށް ރިޕޯޓުތައް ފާހަގަކުރޭ
ލަންކާގެ ރައީސްކަމުގެ މަގާމަށް ބޭފުޅަކު އައްޔަނުކުރުމަށް ވޯޓުލުމުގެ ކަންތައް ކުރިއަށް ގެންގޮސްފައި ވަނީ ބުދަ ދުވަހު
ބޮޑުވަޒީރުކަމުގެ މަގާމަށް އައްޔަންކުރައްވާނީ މަޖިލިސް މެމްބަރު ދިނެޝް ގުނަވަރްދަނާކަމަށް މައުލޫމާތު ލިބިފައިވާކަމަށް ލަންކާގެ މީޑިއާއިން ރިޕޯޓުކުރޭ

ރަނިލް ވިކްރަމަސިންގހަގެ ސިޔާސަތުގައި ލަންކާގެ ބޮޑުވަޒީރުކަމުގެ މަގާމަށް އައްޔަނުކުރައްވާނީ ދިނެޝް ގުނަވަރްދަނާ ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ޑެއިލީ މިރޯ ލަންކާއިން ވަނީ ގައުމުގެ ރައީސްކަމުގެ މަގާމާ ވިކްރަމަސިންގހަ ހަވާލުވެވަޑައިގަތުމުން ބޮޑުވަޒީރުކަމުގެ މަގާމަށް އައްޔަންކުރައްވާނީ މަޖިލިސް މެމްބަރު ދިނެޝް ގުނަވަރްދަނާކަމަށް މައުލޫމާތު ލިބިފައިވާކަމަށް ރިޕޯޓުކޮށްފައެވެ.

ލަންކާގެ އައު ރައީސްކަމުގެ މަގާމަށް ވިކްރަމަސިންގހަ އައްޔަނު ކުރުމަށް އެގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ 134 މެމްބަރުން ވަނީ ވޯޓު ލާފައެވެ. ނަމަވެސް ވިކްރަމަސިންގހަ އަށް ގައުމުގެ ރައީސްކަން ދިނުމާ ދެކޮޅަށް އަޑުއުފުލާ އެގައުމުގައި ދަނީ މުޒާހަރާކުރަމުންނެވެ.

ވިކްރަމަސިންގހަގެ އިތުރުން ގައުމުގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލެއްވި އަނެއް ދެބޭފުޅުންނަކީ ދުލަސް އަލަހައްޕެރުމާ އާއި އަނޫރާ ކުމާރާ ޑިސަނަޔަކަ އެވެ. އަލަހައްޕެރުމާ އަށް 82 މެމްބަރުންގެ ވޯޓު ލިބިވަޑައިގެންނެވި އިރު، ޑިސަނަޔަކައަށް ލިބިވަޑައިގެންނެވީ 03 މެމްބަރުންގެ ވޯޓެވެ.

ލަންކާގެ ރައީސްކަމުގެ މަގާމަށް ބޭފުޅަކު އައްޔަނުކުރުމަށް ވޯޓުލުމުގެ ކަންތައް ކުރިއަށް ގެންގޮސްފައި ވަނީ ބުދަ ދުވަހުއެވެ.

ވިކްރަމަސިންގހައަށް ގައުމުގެ ރައީސް ކަމުގެ މަގާމު ދިނުމަށް މަޖިލީހުން ފާސްކުރި އިރު، އެމަނިކުފާނު މިހާރު ހުންނެވީ ބޮޑުވަޒީރު ކަމުގެ އިތުރުން ގައުމުގެ ވަގުތީ ރައީސްކަމުގެ ހުވާވެސް ކުރައްވައިގެންނެވެ.

ވިކްރަމަސިންގހަ މަގާމުގައި ހުންނަވާނީ 2024 ވަނަ އަހަރާ ހަމައަށް، ރައީސް ގޮތަބަޔާ ރާޖަޕަކްސަގެ ދައުރުގެ ބާކީ އޮތްބައި ފުރިހަމަކުރައްވަން ކަމަށް ރިޕޯޓުތައް ފާހަގަކުރެއެވެ.

- ކޮމެންޓް