ކ. މާލެ
|
20 ޖުލައި 2022 | ބުދަ 11:00
ލަންކާގެ ވަގުތީ ރައީސް އަދި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ
ލަންކާގެ ވަގުތީ ރައީސް އަދި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ
-
ލަންކާގެ ރައީސަކު އައްޔަނުކުރުން
ލަންކާގެ ރައީސް އައްޔަނުކުރުމުގެ މަސައްކަތްދަނީ ކުރިއަށް، މަޖިލީހުގެ ބޮޑު ތާއީދެއް ރަނިލްއަށް
ވިކްރަމަސިންގހަ އާއި އެންމެ ގާތުން މިރޭހުގައި ވާދަކުރައްވަނީ ދުލަސް އަލަހައްޕަރޫމާއަށް ކަމުގައި ރިޕޯޓުތައް ބުނޭ
ރިޕޯޓުތައް ބުނާގޮތުން މިވަގުތު މަޖިލީހުގެ އެންމެ ބޮޑު ތާއީދެއް އޮތީ ބޮޑުވަޒީރު އަދި ވަގުތީ ރައީސް ރަނިލް ވިކްރަމަސިންގހަ އަށް
ބުދަ ދުވަހުގެ ހެނދުނު ލަންކާގެ މަޖިލީހުން ވަނީ އެގައުމުގެ ރައީސް އިއުލާންކުރުމުގެ މަސައްކަތް ފަށާފައި

ސްރީ ލަންކާގެ ރައީސްގެ މަގާމަށް އައްޔަނުކުރާނެ ބޭފުޅަކު ހޮވުމުގެ މަސައްކަތް އެގައުމުގެ މަޖިލީހުން ދަނީ ކުރަމުންނެވެ.

ބުދަ ދުވަހުގެ ހެނދުނު ލަންކާގެ މަޖިލީހުން މިކަމުގެ މަސައްކަތް ފަށާފައިވާއިރު، އެގައުމުގެ އައު ރައީސް ކަމުގެ މަގާމަށް ކުރިމަތިލައްވާފައިވަނީ ތިން ބޭފުޅުންނެވެ. އެއީ ބޮޑުވަޒީރު އަދި މިހާރުގެ ވަގުތީ ރައީސްކަމުގައި މަޤާމުގައި ހުންނެވި ރަނިލް ވިކްރަމަސިންގހަ އާއި ދުލަސް އަލަހައްޕެރޫމާ އަދި އަނޫރާ ކުމާރާ ޑިސަނަޔަކަ އެވެ.

ރިޕޯޓުތައް ބުނާގޮތުން މިވަގުތު މަޖިލީހުގެ އެންމެ ބޮޑު ތާއީދެއް އޮތީވެސް ވަގުތީ ރައީސް ކަމުގައި ހުންނެވި ރަނިލް ވިކްރަމަސިންގހައަށެވެ.

ލަންކާގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުން ގިނަ އަދަދެއްގެ މަޖިލިސް މެމްބަރުން ވަނީ ފޯނުން ގުޅުއްވާ އަދި ވިކްރަަމަސިންގހަ އާއި ބައްދަލުކުރައްވާ އެމަނިކުފާނަށް ތާއިދުކުރައްވާކަން ހާމަކުރައްވާފައެވެ. ނަމަވެސް އާންމުންގެ ގިނަ އަދަދެއްގެ ބަޔަކު ވަނީ ގައުމުގެ ރައީސް ކަމާއި ވިކްރަމަސިންގހަ ހަވާލުވެވަޑައިގަތުމާ ދެކޮޅަށް އަޑުއުފުލާ އެމަނިކުފާނު މަގާމުން އިސްތިއުފާދެއްވުމަށް ގޮވާލާފައެވެ.

ވިކްރަމަސިންގހަ އާއި އެންމެ ގާތުން މިރޭހުގައި ވާދަކުރައްވަނީ ދުލަސް އަލަހައްޕަރޫމާ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ. އެގޮތުން އޭނާއަށް ތަމަޅައިންގެ ތާއީދު ލިބޭނެ ކަމަށް ބުނެފައިވާ ކަަމަށް ލަންކާ މީޑިއާތަކުން ރިޕޯޓުކުރެއެވެ. އަލަހައްޕަރޫމާއަށް ލަންކާގެ ރައީސްކަން ލިބިވަޑައިގެންފިނަމަ، ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގަންނަވާނެ ކަމަށް ހާމަކުރައްވާފައިވަނީ އިދިކޮޅު ލީޑަރު ސަޖިތު ޕްރަމަދާސާއެވެ.

ލަންކާގެ ބޮޑުވަޒީރު އަދި ވަގުތީ ރައީސްގެ މަގާމުގައި ހުންނެވި ރަނިލް ވިކްރަމަސިންގހަ ގައުމުގެ ރައީސް ކަމާއި ހަވާލުވެވަޑައިގަންނަވައިފި ނަމަ، ދެން ބޮޑުވަޒީރުކަމާއި ހަވާލުވެވަޑައިގަންނަވާނެ ބޭފުޅެއް އަދި ހާމައެއް ނުކުރައްވައެވެ.

- ކޮމެންޓް