ކ. މާލެ
|
19 ޖުލައި 2022 | އަންގާރަ 20:10
ލަންކާގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލައްވާފައިވާ މިހާރުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ އާއި އަނޫރާ ކުމާރާ ޑިސަނަޔަކަ އަދި ދުލަސް އަލަހައްޕެރުމާ
ލަންކާގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލައްވާފައިވާ މިހާރުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ އާއި އަނޫރާ ކުމާރާ ޑިސަނަޔަކަ އަދި ދުލަސް އަލަހައްޕެރުމާ
ރާއްޖެ އެމްވީ
ލަންކާގެ އައު ރައީސް އިންތިހާބުކުރުން
ލަންކާގެ ރައީސް ކަމުގެ މަގާމަށް ތިން ބޭފުޅުން ވާދަކުރައްވަނީ
ލަންކާގެ ގާނޫނު ހަދާ މަޖިލީހުން އެގައުމުގެ އައު ރައީސަކު އިންތިހާބުކުރާނެ ކަމަށް ބުނެފައި ވަނީ ޖުލައި 20 ވަނަ ދުވަހު
ތިން ބޭފުޅުން މިމަގާމަށް ކުރިމަތިލައްވާފައިވާކަން ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި ވަނީ އިއުލާނުކޮށްފައި
ލަންކާގެ އައު ރައީސަކު އައްޔަނުކުރުމުގެ މަސައްކަތްކުރަމުންދަނީ ގޮތަބަޔާ ރާޖަޕަކްސަ މަގާމުން އިސްތިއުފާ ދެއްވުމުން

ލަންކާގެ އައު ރައީސްގެ މަގާމަށް ތިން ބޭފުޅުން ވާދަކުރައްވާކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ލަންކާގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލައްވާފައިވާ ބޭފުޅުންނަކީ މިހާރުގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންގހަ އާއި އަނޫރާ ކުމާރާ ޑިސަނަޔަކަ އަދި ދުލަސް އަލަހައްޕެރުމާއެވެ. މި ތިން ބޭފުޅުން މިމަގާމަށް ކުރިމަތިލައްވާފައިވާކަން ލަންކާގެ ގާނޫނު ހަދާ މަޖިލީހުގައި ވަނީ އިއުލާނުކޮށްފައެވެ.

އަލަހައްޕެރުމާގެ ނަން ހުށަހަޅުއްވާފައި ވަނީ އިދިކޮޅު ސިޔާސީ ލީޑަރު ސަޖިތު ޕްރެމަދަސާއެވެ. ރަނިލް ވިކްރަމަސިންގހަގެ ނަން ހުށަހަޅުއްވާފައި ވަނީ ދިނެޝް ގުނަވަރްދެނާއެވެ. އަދި، އަނޫރާ ކުމާރާ ޑިސަނަޔަކަގެ ނަން ހުށަހަޅުއްވާފައި ވަނީ ވިޖިތާ ހެރަތުއެވެ.

ލަންކާގެ ގާނޫނު ހަދާ މަޖިލީހުން އެގައުމުގެ އައު ރައީސަކު އިންތިހާބުކުރާނެ ކަމަށް ބުނެފައި ވަނީ ޖުލައި 20 ވަނަ ދުވަހުއެވެ. މިވަގުތު ގައުމުގެ ވަގުތީ ރައީސްގެ މަގާމުގައި ހުންނެވީ ބޮޑުވަޒީރު ވިކްރަމަސިންގހައެވެ.

ލަންކާގެ ރައީސްކަމުގެ މަގާމުގައި ހުންނެވި ގޮތަބަޔާ ރާޖަޕަކްސަ މަގާމުން އިސްތިއުފާދެއްވާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. އެމަނިކުފާނު މަގާމުން އިސްތިއުފާދެއްވާފައި ވަނީ އާންމުންގެ ނުރުހުން އަމާޒުވެ ޕްރެޝަރު ބޮޑުވުމުންނެވެ. ގޮތަބަޔާ ރާޖަޕަކްސަ އެމަނިކުފާނުގެ އިސްތިއުފާގެ ސިޓީ ހުށަހަޅުއްވާފައި ވަނީ ގައުމުން ބޭރަށް ވަޑައިގެންނެވުމަށްފަހުއެވެ.

ލަންކާއަށް ދިމާވެފައިވާ އިގުތިސާދީ ކާރިސާ އާއެކު އެގައުމުގެ ސިޔާސީ މަޝްރަހު ވަނީ ވަރަށް ބޮޑަށް ހަލަބޮލިވެފައެވެ. އާންމު ރައްޔިތުން ބޭނުންވީ ވެރިކަމުގެ އާރާ ބާރުގައި ތިބި ރާޖަޕަކްސަ އާއިލާގެ ބޭފުޅުންނާއި އެބޭފުޅުންނަށް ވާގިވެރިވާ މީހުން ގައުމުގެ ވެރިކަމުން ފައިބާށެވެ. ލަންކާގެ އާންމުން ގަބޫލުކުރާ ގޮތުގައި ގައުމަށް ދިމާވެފައިވާ ހާލަތުގެ ޒިންމާ ނަގަންޖެހޭ މީހުންނަކީ ގައުމުގެ ވެރިކަމާ ހަވާލުވެ ތިބި ސިޔާސީ ލީޑަރުންނެވެ.

- ކޮމެންޓް