Advertisement
ކ. މާލެ
|
19 ޖުލައި 2022 | އަންގާރަ 13:15
އެމްޑީޕީ ޤައުމީ މަޖިލިސް ޖަލްސާއެއްގެ ތެރެއިން
އެމްޑީޕީ ޤައުމީ މަޖިލިސް ޖަލްސާއެއްގެ ތެރެއިން
އެމްޑީޕީ
އެމްޑީޕީ އެތެރޭގެ އިންތިޚާބުތައް
އެމްޑީޕީ ޗެއަރޕާސަންގެ ނައިބު އިދާރީ އަދި މާލީގެ މަޤާމާށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލައިފި
ޗެއާރޕާސަންގެ ނައިބު އިދާރީ އަދި މާލީގެ މަޤާމުގެ މުއްދަތު 25 އޮކްޓޯބަރ 2022 ވާ އަންގާރަ ދުވަހަށް ހަމަވާނެ
ކުރިމަތުލުމުގެ ފުރުޞަތު އާންމުކޮށް ހުލުވާލާފައިވާކަން އެ ޕާޓީން ވަނީ ފާހަގަކޮށްފައި

އެމްޑީޕީ ޗެއަރޕާސަންގެ ނައިބު އިދާރީ އަދި މާލީގެ މަޤާމާށް ކުރިމަތިލުމަށް ފުރުޞަތު ހުޅުވާލައިފިއެވެ.

އކަމާއި ގުޅޭގޮތުން އެމްޑީޕީން ބުނީ، މިހާރު ހިނގަމުން މިދާ ދައުރުގެ ޕާޓީގެ ޗެއާރޕާސަންގެ ނައިބު އިދާރީ އަދި މާލީގެ މަޤާމުގެ މުއްދަތު 25 އޮކްޓޯބަރ 2022 ވާ އަންގާރަ ދުވަހަށް ހަމަވާނެ ކަމަށެވެ.

އެހެންކަމުން މި މަޤާމުތަކަށް ކުރިމަތިލާ އެމްޑީޕީ މެމްބަރުންނަށް ކުރިމަތިލުމުގެ ފުރުޞަތު އާންމުކޮށް ހުލުވާލާފައިވާކަމަށް އެމްޑީޕީން ބުނެއެވެ.

މި މަޤާމުތަކުގެ އިންތިޚާބު އޮންނާނީ 19 އޯގަސްޓް 2022 ވާ ހުކުރު ދުވަހު ފެށޭ ޕާޓީގެ ކޮންގްރެސްގައި ކަމަށާއި މި އިންތިޚާބުގައި ވޯޓުލެވޭނީ ކޮންގްރެސްގައި ބައިވެރިވާ ކޮންގްރެސްގެ ބައިވެރިންނަށްކަންވެސް އެމްޑީޕީން ފާހަގަ ކުރެއެވެ.

Advertisement

މަޤާމުތަކަށް ކުރިމަތިލުމަށްޓަކައި ހުށަހަޅަންޖެހޭ އެންމެހާ ލިޔެކިޔުންތަކާއެކު އޮންލައިން އެޕްލިކޭޝަން ފުރިހަމަ ކުރުމަށްފަހު 25 ޖުލައި 2022 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ހުށަހެޅުމަށް އެމްޑީޕީން ވަނީ އެދިފައެވެ.

މެެއި މަހުގެ 14 ވަނަ ދުވަހު ބޭއްވުނު އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ޗެއަރޕަރސަން އިންތިޚާބުގައި ޗެއަރޕަރސަން ހޮވުމަށް ޖުމްލަ 48،583 މެމްބަރުން ވޯޓު ލާފައިވެއެވެ. ޗއަރޕަރސަންގެ މަގާމު ކާމިޔާބުކުރައްވާފައިވާ މިސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްއަށް ލިބިވަޑައިގެންނެވީ 27،406 ވޯޓެވެ. ފައްޔާޒްއާ ވާދަކުރެއްވި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި)އަށް ލިބިވަޑައިގެންފައިވަނީ 20،217 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 42 އިންސައްތައެވެ. 

އެއިންތިޚާބަށް ފައްޔާޒް ނުކުންނެވީ 2023 ވަނަ އަހަރު ރައީސް ސާލިހަށް ކާމިޔާބު ކޮށްދެއްވުމަށް އެމްޑީޕީ "ހިންގާލުމުގެ" ނަމުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް