ކ. މާލެ
|
19 ޖުލައި 2022 | އަންގާރަ 07:18
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މިނީ ބަހެއްގައި
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މިނީ ބަހެއްގައި
އެމްޓީސީސީ
މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުން
ސިޓީ ކައުންސިލުން އެއްބާރުލުން ނުދެނީ މިނީ ބަހުގެ ޚިދުމަތް ފެއިލްކޮށްލަން ކަމަށް ބެލެވޭ: އާޒިމް
އާޒިމް ވިދާޅުވީ ސިޓީ ކައުންސިލުން އެއްވެސް ވަރަކަށް އެއްބާރުލުން ނުދޭ ކަމަށް
ސިޓީ ކައުންސިލުގެ އެއްބާރުލުމާއި ނުލައި ފުރިހަމަ ޚިދުމަތެއް ނުދެވޭނެ ކަމަށް އާޒިމް ވިދާޅުވި

މާލޭގައި މިނީ ބަހުގެ ޚިދުމަތް ފަށަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ކުރަމުން އަންނަ މަސައްކަތްތަކަށް މާލެ ސިޓީ ކައުންސިލުން އެއްބާރުލުން ނުދެނީ އެ ޚިދުމަތް ފެއިލް ކޮށްލަން ކަމަށް ބެލެވޭ ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

"ރާއްޖެ ޓީވީ" ގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އާޒިމް ވިދާޅުވީ މާލޭގައި މިނީ ބަހުގެ ޚިދުމަތް ފަށަން އެމްޓީސީސީ އޮތީ ތައްޔާރަށް ކަމަށެވެ. އެގޮތުން، މިނީ ބަސްތައް މިހާރު ގެނެފައިވާ ކަމަށާއި ބަސް ސްޓޮޕްތައް ހެދުމަށް ބޭނުންވާ ހުއްދައަށް ސިޓީ ކައުންސިލުގައި އެދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ސިޓީ ކައުންސިލުން މިހާތަނަށް އެމްޓީސީސީގެ އެއްވެސް ސިޓީއަކަށް ޖަވާބު ދީފައިނުވާ ކަމަށާއި އެއްވެސް ވަރަކަށް އެކަމުގައި ކައުންސިލްގެ އެއްބާރުލުމެއް ނުލިބޭ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މިނީ ބަސް ފަދަ ރައްޔިތުންނަށް މުހިންމު ޚިދުމަތެއް ދެވޭނީ އެމްޓީސީސީގެ އިތުރުން ސިޓީ ކައުންސިލުން ވެސް އެއްބާރުލުން ދީގެން ކަމަށެވެ. އަދި އެއްބާރުލުން ނުދޭނަމަ އެ ޚިދުމަތް ދޭން ޖެހޭ އެންމެ ފުރިހަމަ ގޮތުގައި ދޭން ދަތިވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެންމެ ސިޓީއެއް ދެ ސިޓީއެއް ނޫން. ގިނަ ސިޓީތަކެއް ފޮނުވިއްޖެ. އެބޭފުޅުންނަށް ނުގުޅަނީކީއެއް ނޫން. އެއްވެސް ގޮތަކަށް މިކަމަށް އެއްބާރުލުން ދެއްވަނީކީއެއް ނޫން. ރައްޔިތުންނާ ގުޅުންހުރި މިހާ މުހިންމު މަސައްކަތެއް ކުރާ އިރުގައި އެ ބޭފުޅުން އަޅުގަނޑުމެންނަށް ދެއްވަން ޖެހޭ އެއްބާރުލުން ނުދޭ ކަމަށްވަންޏާ އަޅުގަނޑުމެންނަށް ވަރަށް ދަތިވޭ މިކަންތައްތައް ކުރަން. އަޅުގަނޑު ސިޓީ ކައުންސިލުގައި އެދެން އެމްޓީސީސީއަށް މި ހިދުމަތް ދިނުމަށް ހުރިހާ އެއްބާރުލުމެއް ދެއްވާށޭ.
އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް

އެމްޓީސީސީން ވަނީ ރާއްޖޭގެ 4 ސަރަހައްދެއްގައި މީނީ ބަހުގެ ޚިދުމަތް ފަށަން ނިންމާފައެވެ. އެގޮތުން، މި ޚިދުމަތް ފަށަން ބޭނުންވާ 41 ބަހުގެ ތެރެއިން 36 ބަސް މިހާރު ވަނީ ރާއްޖެއަށް ގެނެސްފައެވެ. އެއީ މާލެ އާއި އައްޑޫ ސިޓީ އާއި ފުވައްމުލައް ސިޓީގެ އިތުރުން ލ. އަތޮޅުގައެވެ.

އެމްޓީސީސީން މާލޭގައި މިނީ ބަހުގެ ޚިދުމަތް ފަށަން ނިންމާފައިވަނީ ޖުލައި 31ގައެވެ. އެ ގޮތުން، މާލޭގައި ބަސް ސްޓޮޕްތައް ބަހައްޓައި ބަސް ހުއްޓާނެ ޖާގަތައް ހެދުމުގެ މަސައްކަތް ވީހާވެސް އަވަހަށް ފަށަން ބޭނުންވާ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެ ކުންފުނިން މައުލޫމާތު ދޭ ގޮތުގައި މާލޭގައި މިނީ ބަހުގެ ޚިދުމަތް ފެށުމުން ކޮންމެ 10 މިނެޓަކުން ބަސް ސްޓޮޕުތަކުން ދަތުރުތައް އޮންނާނެއެވެ.

އެމްޓީސީސީން ރާއްޖެ ގެނައި މިނީ ބަސްތަކަކީ 20-25 މީހުންގެ ޖާގައިގެ ބަސްތަކެކެވެ.

- ކޮމެންޓް
19 ޖުލައި 2022 | އަންގާރަ 09:28
އަހުމަދު.ޖ
މުޒިއްލު ހޮޅި ޗޯރު އަކީ ރައްޔިތުންނަށް ހެޔޮއެދޭ މީހެއްނޫން ، މިނީބަސް މަޑުކުރާނެ ޖާގަ ދީފިއްޔާ ޕާކިންގ އަށް ވިއްކައިގެން ލިބުނު ފައިސާ ކޮޅުވެސް ނުލިބިދާނެތީ ތޯއްޗެ އެހުންނަނީ