Advertisement
ކ. މާލެ
|
19 ޖުލައި 2022 | އަންގާރަ 07:10
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު ކަސްޓަމްސްގެ އަހަރީ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު ކަސްޓަމްސްގެ އަހަރީ ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަނީ
ރައީސް އޮފީސް
ކަސްޓަމްސްގެ އަހަރީ ދުވަހުގެ ޖަލްސާ
މިހާރު އިމާރާތް ކުރާ ފްލެޓުތަކުން ކަސްޓަމްސްގެ މުވައްޒަފުންނަށް ފްލެޓް ލިބޭނެ އިންތިޒާމް ހަމަޖައްސަ ދޭނަން: ރައީސް
ކަސްޓަމްސްގެ ހިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް އެއްބާރުލުން ދެއްވާނެ ކަމަށް ރައީސް ވިދާޅުވި
ކަސްޓަމްސްގެ މުވައްޒަފުންނަށް ހެލްތު އިންޝުއަރެންސް ސްކީމެއް ތައާރަފު ކުރަން މަގުފަހިކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި
ރައީސް ވިދާޅުވީ ކަސްޓަމްސް އޮފިސަރުންނަށް ފްލެޓް ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވާނެ ކަމަށް

ސަރުކާރުން މިހާރު އިމާރާތް ކުރަމުން އަންނަ ފްލެޓުތަކުން، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މުވައްޒަފުންނަށް ފްލެޓް ލިބޭނެ ގޮތް ހަމަޖައްސަވައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ކަސްޓަމްސްގެ 132 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ރައީސް ވިދާޅުވީ ކަސްޓަމަސްގެ އިސްވެރިންނާ ބައްދަލު ކުރައްވައި އެ އިދާރާގެ ކަންކަން ހަރުދަނާ ކުރުމަށާއި މުވައްޒަފުންގެ ހުރި ކަންބޮޑުވުންތަކާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އެގޮތުން، މުވައްޒަފުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ބޯހިޔާވަހިކަމުގެ މައްސަލަ ކަމަށާއި އެއީ ކުރީ ސަރުކާރުތަކުން ވެސް ކުރަން އުޅެ، ނުވެފައި އޮތް ކަމެއް ކަން ރައީސް ފާހަގަކުރެއްވިއެވެ.

Advertisement

ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރެއްވުމަށް މިހާރު ސަރުކާރުން އަޅަމުންދާ ފްލެޓުތަކުން، ކަސްޓަމްސް އޮފިސަރުންނަށް ފްލެޓް ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަށެވެ. އަދި ކަސްޓަމްސްގެ މުވައްޒަފުންނަށް ހެލްތު އިންޝުއަރެންސްގެ ނިޒާމެއް ޤާއިމުވެގެންދިއުމަކީ މުހިންމު ކަމެއް ކަމަށާއި އެކަން ކުރެވޭނެ މަގެއް ސަރުކާރުން ހޯއްދަވައިދެއްވާނެ ކަމަށެވެ.

ކަސްޓަމްސް އޮފިސަރުންނަކީ އެކި ބާވަތުގެ ނުރައްކާތަކަށް އަބަދުމެ ހުށަހެޅެމުންދާ ބައެއް. ކަސްޓަމްސްގެ މުވައްޒަފުންނަކީ މިފަދަ ނުރައްކާތަކާ ކުރިމަތިލާން ތައްޔާރަށް ތިބި ބަޔަކަށް ހެދޭނީ މުވައްޒަފުންގެ އަސާސީ ބޭނުންތައްވެސް ފުރިހަމަކޮށްގެން ކަމަށް އަޅުގަނޑު ގަބޫލު ކުރަން. ކަސްޓަމްސް މުވައްޒަފުންގެ ވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ ބޯހިޔާވަހިކަމުގެ މައްސަލަ. އެކަން ހައްލު ކުރުމަށް އެކި ދުވަސްވަރު އެކި ކަންކަން ކޮށްފައި އެބަހުރި. ނަމަވެސް މިއަދާ ހަމައަށް އައިއިރު އެކަން އެއޮތީ އަދިވެސް މުވައްޒަފުންގެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި. ސަރުކާރުން އިމާރާތް ކުރާ ފްލެޓުތަކުން، މިހާރު އިމާރާތް ކުރާ ފްލެޓުތަކުން، ކަސްޓަމަސްގެ މުވައްޒަފުންނަށް ފްލެޓް ލިބޭނެ އިންތިޒާމް އަޅުގަނޑުމެން ހަމަޖައްސަދޭނަން،"
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު

ރައީސް އިތުރަށް ވިދާޅުވީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ، ކަސްޓަމްސްގެ ޚިދުމަތްތައް ހަރުދަނާކޮށް، މަސްތުވާތަކެއްޗާއި މަނީ ލޯންޑަރިން ފަދަ ކުށްތައް މަދުކުރުމަށް ކަމަށެވެ. އެގޮތުން، މިދިޔަ 4 އަހަރު ކަސްޓަމްސް އިން ޚިދުމަތް ދީފައިވަނީ ފުރިހަމައަށް ކަމަށާއި އޭގެ ސަބަބުން އާއްމުންގެ މެދުގައި ކަސްޓަމްސްއަށް އޮތް އިތުބާރާއި މަޤުބޫލުކަން އިތުރުވެފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ބޯޑަރު ހުރަސްކޮށް، ހިންގާ ބޮޑެތި ޖަރީމާތައް ހުއްޓުވަން ކަސްޓަމްސްގެ ޤާބިލުކަން އިތުރު ކުރަން ޖެހޭކަން ވެސް ރައީސް ވަނީ އެ ޖަލްސާގައި ފާހަގަކުރައްވާފައެވެ. އެކަން ހާސިލު ކުރަން ބަނދަރުތަކުގައި ކަސްޓަމްސްގެ ޚިދުމަތް ފުޅާކުރަން ސަރުކާރުން ޚާއްސަ ސަމާލު ކަމެއް ދެމުން އަންނަ ކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް