ކ. މާލެ
|
18 ޖުލައި 2022 | ހޯމަ 12:41
މެމްފިސް ޑިޕާއި
މެމްފިސް ޑިޕާއި
ޓްވިޓަރ
ޑިޕާއި ހޯދުމުގެ މަސައްކަތް ޓޮޓެންހަމުން ކުރުން
މެމްފިސް ޑިޕާއި ހޯދަން ޓޮޓެންހަމްގެ ޝައުގުވެރިކަން
 
ޑިޕާއި ހޯދުމަށް 17 މިލިއަން ޕައުންޑް ބާސާއަށް ދެއްކުމަށް ޓޮޓެންހަމުން އޮތީ ތައްޔާރަށް

ސްޕެއިންގެ ބާސެލޯނާއަށް ކުޅެމުން އަންނަ ނެދަލޭންޑްސްގެ ފޯވާޑް މެމްފިސް ޑިޕާއި ހޯދުމުގެ ޝައުގުވެރިކަން ޓޮޓެންހަމުން ގެންގުޅޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޓޮޓެންހަމުން ވަނީ އޭނާ ހޯދުމުގެ މަސައްކަތް ފަށާފައެވެ. އެގޮތުން އޭނާ ހޯދުމަށް 17 މިލިއަން ޕައުންޑް ބާސާއަށް ދެއްކުމަށް އެ ޓީމުން އޮތީ ތައްޔާރަށެވެ. ކުރިއަށް އޮތް ސީޒަނަށް ބާސާގެ އެޓޭކް ލައިނަށް އެ ޓީމުން ވަނީ ވަރުގަދަ ކުޅުންތެރިން ގެނެސްފައެވެ. އެއީ ލީޑްސް ޔުނައިޓެޑަށް ކުޅެމުން އައި ބްރެޒިލްގެ ރަފީނިއާ އާއި ބަޔާން މިއުނިކަށް ކުޅެމުން އައި ޕޮލޭންޑުގެ އިތުބާރު ފޯވާޑް ރޮބާޓް ލެވަންޑޯސްކީއެވެ. މި ދެ ކުޅުންތެރިން ބާސާއަށް ގެނައީ، ބޮޑެތި ކުލަބުތަކުން އެ ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުރަނިކޮށެވެ. ރިޕޯޓުއް ބުނާ ގޮތުގައި މި ދެ ކުޅުންތެރިން ގެނައުމާއެކު، ބާސާއިން ވަނީ ޑިޕާއިއަށް އެހެން ކުލަބެއް ހޯދަން އަންގާފައެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޓޮޓެންހަމްގެ ކޯޗު އެންޓޯނިއޯ ކޮންޓޭގެ އެދުމުގެ މަތިން ޓޮޓެންހަމުން އަންނަނީ ޑިޕާއި ހޯދުމަށް ބާސާއާ މަޝްވަރާ ކުރަމުންނެވެ. މި މަޝްވަރާތައް ކުރެވޭއިރު، ޓޮޓެންހަމުން ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ބާސާއަށް ކުޅެމުން އައި ކްލެމެންޓް ލޯންގްލޭ ހޯދާފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ބާސާގެ ކޯޗުކަމާ ޒަވީ ހަވާލުވި ފުރަތަމަ ދުވަސް ތަކުގައި ޑިޕާއި އަކީ އޭނާގެ ޕްލޭންގައި ހިމެނޭ މުހިންމު ކުޅުންތެރިޔަކަށްވީ ނަމަވެސް، ޓްރާންސްފާ މާކެޓުގައި ބާސާއިން ގެނައި ކުޅުންތެރިންގެ ސަބަބުން ޑިޕާއި އަށް މިހާރު ވަނީ ޒަވީގެ ޕްލޭން އިން ޖާގަ ގެއްލިފައެވެ.

ލިއޯން ދޫކޮށް 2021 ވަނަ އަހަރު ބާސާއަސް ބަދަލުވި ޑިޕާއި ވަނީ އެ ޓީމަށް މިހާތަނަށް 38 މެޗު ކުޅެދީ 13 ލަނޑު ޖަހައިދީފައެވެ. ބާސާއާއެކު ޑިޕާއި އަށް އެއްވެސް ތައްޓެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް