ކ. މާލެ
|
16 ޖުލައި 2022 | ހޮނިހިރު 08:57
ރަފީނިއާ ބާސާގެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލަނީ؛ ފޮޓޯ-ބާސެލޯނާ
ރަފީނިއާ ބާސާގެ ކުޅުންތެރިއެއްގެ ގޮތުގައި ދައްކާލަނީ؛ ފޮޓޯ-ބާސެލޯނާ
ރަފީނިއާ ބާސެލޯނާއަށް
ހަޤީޤަތަކަށް މިވީ ދެކެމުން އައި ހުވަފެނެއް- ރަފީނިއާ
ބާސާއާއެކު ސޮއިކުރީ ފަސް އަހަރުގެ އެއްބަސްވުމެއްގައި

ބާސެލޯނާއަށް ބަދަލުވެވުމާއެކު ހަޤީޤަތަކަށް މިވީ ކުޑައިރުންފެށިގެން ދެކެމުން އައި ހުވަފެނެއްކަމަށް ބްރެޒިލްގެ ފޯވާޑް ރަފީނިއާ ބުނެފިއެވެ.

ލީޑްސް ޔުނައިޓެޑް ދޫކޮށް ބާސެލޯނާއަށް ބަދަލުވުމަށްފަހު ރަފީނިއާ ބުނީ އޭނާގެ "ބެސްޓް" ދޭން ތައްޔާރަށް ހުރިކަމަށެވެ. 65.2 މިލިއަން ޑޮލަރަށް ރަފީނިއާ ބާސެލޯނާއަށް ބަދަލުވީ ޗެލްސީންއާއި އާސެނަލްއިންވެސް އޭނާ ހޯދަން މަސައްކަތްކުރަމުން ދަނިކޮށެވެ. މިއީ އާސީޒަންގެ ކުރިން ލީޑްސް ޔުނައިޓެޑް ދޫކޮށްދިޔަ ޓީމްގެ މުހިއްމު ދެވަނަ ކުޅުންތެރިޔާއެވެ. މީގެކުރިން އިނގިރޭސި މިޑްފީލްޑަރ ކަލްވިން ފިލިޕްސް ވަނީ މެންޗެސްޓަރ ސިޓީއަށް ބަދަލުވެފައެވެ.

25 އަހަރުގެ ރަފީނިއާ ބާސެލޯނާއާއެކު ސޮއިކުރީ ފަސް އަހަރުގެ އެއްބަސްވުމެއްގައެވެ. އޭނާއަކީ މިހާރު ބްރެޒިލްގެ ޤައުމީ ޓީމުންވެސް ޖާގަ ހޯދަމުން އަންނަ ކުޅުންތެރިއެކެވެ. ޤައުމީ ޓީމަށް ކުޅުނު ނުވަ މެޗުން ތިން ގޯލް ވަނީ ޖަހާފައެވެ. 2020 ވަނަ އަހަރު ރަފީނިއާ ލީޑްސްއަށް ބަދަލުވީ ފްރާންސްގެ ރެނެސްއިންނެވެ. އޭނާ ޕްރިމިއަރ ލީގުގައި ކުޅުނު 65 މެޗުގައި 17 ގޯލް ޖަހާ, 12 ގޯލް ޖަހަން ފުރުޞަތު ތަނަވަސްކޮށްދިނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް