ޓްރީ ޓޮޕް ހޮސްޕިޓަލުން ޑައިބިޓީޒް ނުވަތަ ހަކުރު ބަލި ސްކްރީނިންގެ ޕެކޭޖް ތައާރަފްކޮށްފިއެވެ.
ޓްރީ ޓޮޕް ހޮސްޕިޓަލުގެ ޑައިބިޓީޒް ސްކްރީނިންގ ޕެކޭޖް ފަރުމާކޮށްފައިވަނީ ހަކުރު ބަލި ހުރިތޯ ދެނެގަތުމަށާއި، ހަކުރު ބަލި ހުންނަކަން އެނގޭ މީހުންނަށް ބަލީގެ ނުރައްކާ ހުރިވަރު ދެނެގަނެވޭނެ ގޮތަށެވެ. މި ސްކްރީނިންގ ޕެކޭޖުގައި ބޭސިކް، އަދި ކޮމްޕްރިހެންސިވް އިޚުތިޔާރުކުރެވިދާނެ ކަމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ބުނެފައިވެއެވެ.
ބޭސިކް ޕެކޭޖުގައި ހިމެނޭ ޚިދުމަތްތަކަކީ ޖެނެރަލް ޑޮކްޓަރ އަދި ޑައިޓިޝަން ކޮންސަލްޓޭޝަންގެ އިތުރުން ޓެސްޓުތަކެކެވެ. އެއީ ފުލް ބްލަޑް ކައުންޓް، ފާސްޓިންގ ބްލަޑް ކައުންޓް، 2 ގަޑިއިރު ޕޯސްޓް-ޕްރަންޑިއަލް ބްލަޑް ޝުގަރ، އެޗް.ބީ.އޭ.1.ސީ (HbA1c)، ލިޕިޑް ޕްރޮފައިލް، ލިވަރ ޕްރޮފައިލް، ރީނަލް ޕްރޮފައިލް، ތައިރޮއިޑް ސްޓިމިއުލޭޓިންގ ހޯރމޯން އަދި އީސީޖީއެވެ.
ކޮމްޕިރިހެންސިވް ޕެކޭޖުގައި، ބޭސިކް ޕެކޭޖުގައި ހިމެނޭ ޚިދުމަތްތަކުގެ އިތުރުން ލޮލުގެ ޚާއްސަ ޑޮކްޓަރު ކޮންސަލްޓޭޝަން އަދި ރޭޑިއޮލޮޖީގެ ޚިދުމަތްތަކުގެ ތެރެއިން، އަލްޓްރާސައުންޑް އަދި އެކޯކާޑިއޮގްރަފީ ޓެސްޓު އެކުލެވެއެވެ.