ކ. މާލެ
|
12 ޖުލައި 2022 | އަންގާރަ 04:37
ސައުދީގެ އިދިކޮޅު ޕާޓީގެ ލީޑަރެއް ކަމަށްވާ ޔާމީ
ސައުދީގެ އިދިކޮޅު ޕާޓީގެ ލީޑަރެއް ކަމަށްވާ ޔާމީ
ގޫގުލް
ސައުދީގެ އިދިކޮޅު ޕާޓީގެ ލީޑަރެއް މަރާލުން
ސައުދީގެ އިދިކޮޅު ޕާޓީގެ ލީޑަރެއް މަރާލައިފި
 
ޔާމީ މަރާލާފައިވާ ކަމަށް އޭނާގެ 2 ބޭބެ ވަނީ އިއުތިރާފުވެފައި
 
ޔާމީގެ މަރުގެ ޒިންމާ ސައުދީ ސަރުކާރުން ނަގަން ޖެހޭ ކަމަށް އިދިކޮޅު ޕާޓީން ބުނޭ

ސައުދީ އަރަބިއްޔާގެ އިދިކޮޅު ޕާޓީ ކަމަށްވާ، ނޭޝަނަލް އެސެމްބްލީ ޕާޓީ (ނާސް)ގެ ފައުންޑަރެއް ކަމަށްވާ މަނީއާ އަލް ޔާމީ މަރާލާފައިވާ ކަމަށް އެ ޕާޓީން ބުނެފިއެވެ.

މިކަމާ ގުޅިގެން އެޕާޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޔާމީ މަރާލާފައިވަނީ ލުބުނާނުގައި އޭނާ ދިރިއުޅެމުން އައި ގޭގައި ކަމަށެވެ. އޭނާގެ މަރުގެ ފަހަތުގައި ގޮތް ނޭނގޭ ކަންތައްތައް ހުރި ކަމަށް ބަލެވޭ ކަމަށާއި މަރުގެ ޒިންމާ ސައުދީ ސަރުކާރުން އުފުލަން ޖެހޭ ކަމަށް ވެސް އެ ޕާޓީގެ ބަޔާނުގައި ވަނީ ބުނެފައެވެ.

ނާސްއަކީ ސައުދީ ދޫކޮށް އިނގިރޭސިވިލާތާއި އެމެރިކާ އަދި އެހެނިހެން ޤައުމުތަކަށް ހިޖުރަކޮށްފައިވާ މީހުން އުފައްދާފައިވާ ޕާޓީއެކެވެ. އެ ޕާޓީން އަލް ޔާމީގެ މަރުގެ ޒިންމާ ސައުދީން ނަގަން ޖެހޭ ކަމަށް ބުނެފައިވަނީ އެ މީހުން ސައުދީ ދޫކޮށް އެހެން ޤައުމުތަކުގައި ދިރިއުޅެން މަޖުބޫރުކޮށްފައިވާކަމަށް ބުނެއެވެ.

ލުބުނާނުގެ އިންޓާނަލް ސެކިއުރިޓީ ފޯސެސްއިން ބުނެފައިވާ ގޮތުގައި ޔާމީ މަރާލާފައިވަނީ އޭނާގެ ދެ ބޭބެއަކު ގުޅިގެންނެވެ. އެގޮތުން ވަޅިން ހަމަލާދީ ޔާމީ މަރާލި ކަމަށް އެ ދެ މީހުން އެއްބަސްވެފައިވާ ކަމަށާއި ދެ މީހުންވެސް ހައްޔަރުކޮށްފައިވާ ކަމަށް އެ އިދާރާއިން ބުނެއެވެ.

ޔާމީގެ ދެ ބޭބެ އޭނާ މަރާލީ އާއިލީ ހަމަނުޖެހުމެއްގެ ތެރޭގައި ކަމަށް ވެސް ލުބުނާނުގެ އިންޓާނަލް ސެކިއުރިޓީ ފޯސެސް އިން ބުނެއެވެ.

ޔާމީގެ އެހީއާއެކު ނާސް އުފައްދާފައިވަނީ 2020 ވަނަ އަހަރު އިނގިރޭސިވިލާތުގެ ލަންޑަނުގައެވެ. އެ ޕާޓީން އެދެނީ ސައުދީގެ ދުވަސްވީ ރަސްކަން ހުއްޓުމަކަށް ގެނެސް އެ ޤައުމުގެ ރައްޔިތުން ވޯޓު ދީގެން ވެރިޔަކު ހޮވުމަށެވެ.

އެ ޕާޓީ އުފެއްދި ފަހުން ޕާޓީގެ މެމްބަރުންނާއި އިސްކޮށް ހަރަކާތްތެރިވާ މީހުންގެ ފުރާނައަށް ނުރައްކާވެފައިވާ ކަމަށް ނާސްގެ އެހެން ފައުންޑާ މެމްބަރެއް ކަމަށްވާ ޔަހުޔާ އައްސީރީވެސް ވަނީ ބުނެފައެވެ. ނަމަވެސް އެއީ ކޮން ބައެއްގެ ފަރާތުން ކަމެއް އޭނާ ހާމައެއް ނުކުރެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
60%
20%
0%
0%
0%
20%
ކޮމެންޓް