ހުކުރު ދުވަހު ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭއަށް ބަޑިން ހަމަލާދީ އަވަހާރަ ކޮށްލުމުން އެ ޤައުމުގައި ވީއައިޕީންނަށް އޮތް ރައްކާތެރިކަމާ މެދު ސުވާލު އުފައްދަން ފަށަައިފިއެވެ.
އަބޭއަށް ހަމަލާ ދީފައިވަނީ އެމަނިކުފާނު ސިޔާސީ ރެލީއެއްގައި ހުންނަވަނިކޮށް ވަރަށް ކައިރިންނެވެ. އެގޮތުން އެމަނިކުފާނަށް ބަޑިން ހަމަލާދިން މީހާ ހުރީ އެމަނިކުފާނާ އެންމެ 10ވަރަކަށް ފޫޓުގެ ދުރުމިނުގައި ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވެއެވެ.
ޖަޕާނަކީ ސިޔާސީ ހަމަނުޖެހުންތަކާއި ބަޑީގެ ހަމަލާތައް މަދު ޤައުމަކަށްވާއިރު އެފަދަ ޤައުމެއްގައި ސިޔާސީ އިސްވެރިއަކު އަވަހާރަކޮށްލަން ހަމަލާއެއް ދިނުމަކީ ސެކިއުރިޓީގެ އިހުމާލު ކަމަށް ގިނަބަޔަކު ދަނީ ބުނަމުންނެވެ. އަދި އެހާ ކައިރީގައި ހުރެ ހަމަލާދިނުމުގެ ފުރުސަތު ލިބުނުކަމީ އެހެން ސިޔާސީ ފަރާތްތަކާއި ޤައުމުގެ އިސް ބޭފުޅުންނަށް ވެސް ރައްކާތެރިކަން ނެތުްކަން ހާމަވާ ކަމެއް ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
އެ ޤައުމުގައި ވީއައިޕީ ފަރާތްތަކަށް ނުރައްކަލެއް އޮތްކަން ކަށަވަރު ނުވަނީސް ސެކިއުރިޓީ ދެނީ ވަރަށް އާދައިގެ ގޮތަކަށެވެ. ނަމަވެސް މިއީ ޖަޕާނު ފަދަ ބޮޑު ޤައުމެއްގައި އެ ފަންތީގެ ބޭފުޅަކަށް ސެކއިރުޓީ ދޭން ޖެހޭ ގޮތް ނޫން ކަމަށް ގިނަ ބަޔަކު ގަބޫލު ކުރެއެވެ.