ކ. މާލެ
|
13 ޖޫން 2017 | އަންގާރަ 23:32
މެގަ މޯލްޑިވްސް ފްލައިޓް
މެގަ މޯލްޑިވްސް ފްލައިޓް
ގޫގުލް
މެގަ މޯލްޑިވްސް
މެގަ މޯލްޑިވްސްގެ ފްލައިޓްތައް އަލުން ފަށަން ތައްޔާރުވަނީ
މެގަ މޯލްޑިވްސްގެ ދަތުރުތައް ފަށާފައިވަނީ 2010 ވަނަ އަހަރުގައި
އަލުން އެ އެއާލައިނުން ޚިދުމަތް ދޭނެ ދުވަހެއް ބުނެފައެއް ނުވޭ

ވައިގެ ދަތުރުތައް ކުރާ ރާއްޖޭގެ އަމިއްލަ ކުންފުންޏެއް ކަމަށްވާ މެގަ މޯލްޑިވްސްގެ ދަތުރުތައް މެދުކަނޑާލުމަށްފަހު އަލުން ފެށުމަށްޓަކައި މުވައްޒަފުން ހޯދުމުގެ މަސައްކަތް އެކުންފުނިން ފަށައިފިއެވެ.

 

އެކުންފުނީގެ ހިދުމަތް މެދު ކަނޑާލާފައިވަނީ މެއި 2 ވަނަ ދުވަހުގައެވެ.

 

ރާއްޖެއެމްވީއާ ވާހަކަދައްކަވަމުން އެކުންފުނީގެ އޮފިޝަލަކު ވިދާޅުވީ ހިދުމަތް އިތުރަށް ތަރައްގީކުރުމަށް ޝެޑިއުލް ފްލައިޓްގެ ހިދުމަތްތައް މެދުކަނޑާލާފައިވާއިރު މިހާރު އަނެއްކާވެސް ހިދުމަތްތައް ފުޅާކުރުމަށް އިތުރު މުވައްޒަފުން ވެސް ހޯދަމަށް ވަނީ އެކްސްޕްރެޝަން އޮފް އިންޓަރޓްރެސްޓް ފާޅުކޮށްފައި ކަމަށެވެ. އަދި ކައިރި މުސްތަޣްބަލެއްގައި ކުރި އެެކޭ އެއްގޮތަށް ކުންފުނީގެ ހިދުމަތް ލިބިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެެވެ. 

 

އެގޮތުން ޕައިލެޓުންނާއި ކެޕްޓަނުން ހޯދުމަށް މެގައިން އިއުލާންކޮށްފައިވެއެވެ.

 

ހިދުމަތް މެދު ކަނޑާލައި އެކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ފްލައިޓުތަކުގެ ހިދުމަތް މެދުކަނޑާލުމަށް ނިންމާފައިވަނީ ކުންފުނީގެ އިންފްރާސްޓްރަކްޗަރާއި އިތުރަށް ތަރައްގީ ކުރުމަށް ކުރާ މަސައްކަތުގެ ދަށުން ކަމަށެވެ.

 

ހައޭޓަސްއަކަށް ފްލައިޓު ދަތުރުތައް ދިޔަނަމަވެސް މެނޭޖްމެންޓް އާއި އެޑްމިނިސްޓްރޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް މެގަމޯލްޑީވްސް އިން ވަނީ ކުރިން ބުނެފައެވެ.

 

އެކުންފުނިން ބުނެފައިވަނީ މިދިޔަ އަހަރުން ފެށިގެން އެކުންފުނިން އަންނަނީ މެގަމޯލްޑިވްސް އިތުރަށް ފުޅާކޮށް ތަރައްގީކުރުމަށް ގިނަ ސްޓްރެޓެޖީތަކެއް ތައްޔާރުކުރަމުން ކަމަށެވެ. އޭގެ ދަށުން މެނޭޖްމެންޓް ވަރުގަދަ ކުރުމާއި އާ އިންވެސްޓްމެންޓްތަކެއް ކުރުން ހިމެނެއެވެ.

 

އަދި އެންމެ ބޮޑު އެއް ކަމަކީ މެގަ މޯލްޑިވްސްއިން ހިދުމަތްތައް ފޯރުކޮށްދޭ ޑެސްޓިނޭޝަންއަށް ގުޅޭފަދަ އާ އުޅަނދުތަކެއް ކުންފުނީގެ ފްލީޓަށް އިތުރު ކުރުން ކަމަށް މެގަ މޯލްޑިވްސް އިން ބުނެއެވެ.

 

މެގަ މޯލްޑިވްސް އުފެދިފައިވަނީ 2010 ވަނަ އަހަރުގައެވެ. އަދި އެ ހިދުމަތް ދޭން ފެށި މުއްދަތުން ފެށިގެން މިހާތަނަށް 1.1 މިލިއަން ފަސިންޖަރުން އޭގައި ދަތުރުކޮށްފައިވާއިރު އެ ކުންފުނިން 50 ޑެސްޓިނޭޝަން އަށް ދަތުރުކުރެއެވެ.

- ކޮމެންޓް