ކ. މާލެ
|
8 ޖުލައި 2022 | ހުކުރު 12:05
ރައީސް ސާލިހު ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އަބޭއާ އެކު ނަންގަވާފައިވާ ފޮޓޯއެއް
ރައީސް ސާލިހު ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އަބޭއާ އެކު ނަންގަވާފައިވާ ފޮޓޯއެއް
ރައީސް އޮފީސް
ޝިންޒޯ އަބޭއަށް ދިން ޙަމަލާ
ޝިންޒޯ އަބޭއަށް އަވަސް ޝިފާއަކަށް އެދެން: ރައީސް
ޙަމަލާއެއް ދީފައިވަނީ ހުކުރު ދުވަހު ނާރާ ސްޓޭޓުގައި ކުރިއަށް ދިޔަ ކެމްޕޭން ޙަރަކާތެއްގެ ތެރެއިން
ޙަމަލާގެ ސަބަބުން އޭނާގެ ޙާލުކޮޅު ސީރިއަސް
އެވާހަކަ އަޑުއިވިވަޑައިގަތުމުން ނުހަނު ކަންބޮޑުވެވަޑައިގެންނެވިކަން ރައީސް ފާހަގަ ކުރެއްވި

ޖަޕާނުގެ ބޮޑުވަޒީރު ކަމުގެ މަގާމުން އިސްތިއުފާ ދެއްވި ޝިންޒޯ އަބޭއަށް އަމާޒުކޮށް ދިން ޙަމަލާގެ ސަބަބުން އޭނާގެ ޙާލުކޮޅު ގޯސްވެފައިވާއިރު، އޭނާއަށް އަވަސް ޝިފާއަަކަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު އެދިވަޑައިގެންފިއެވެ.

ޖަޕާނުގެ ކުރީގެ ބޮޑުވަޒީޒު ޝިންޒޯ އަބޭއަށް ބަޑީގެ ޙަމަލާއެއް ދީފައިވަނީ ހުކުރު ދުވަހު ނާރާ ސްޓޭޓުގައި ކުރިއަށް ދިޔަ ކެމްޕޭން ޙަރަކާތެއްގެ ތެރެއިންނެވެ. ބޭރުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އެ ޙަމަލާގެ ސަބަބުން އޭނާގެ ޙާލުކޮޅު ސީރިއަސްއެވެ.

އެކަމާ ގުޅިގެން ރައީސް ސާލިޙު ކުރެއްވި ޓްވީޓެއްގައި ވަނީ އެވާހަކަ އަޑުއިވިވަޑައިގަތުމުން ނުހަނު ކަންބޮޑުވެވަޑައިގެންނެވިކަން ބަޔާން ކުރައްވާފައެވެ. ރައީސް އެހެން ވިދާޅުވީ ރައީސް ސޯލިހު ޖަޕާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އަބޭއާ އެކު ނަންގަވާފައިވާ ފޮޓޯއެއް ޓްވިޓާގައި ހިއްސާ ކުރެއްވަމުންނެވެ.

ރައީސް ސާލިޙު ވަނީ ޝިންޒޯ އަބޭއާއި، އޭނާގެ އާއިލާގެ އިތުރުން، އެ ޤައުމުގެ ސަރުކާރަށްވެސް ކެތްތެރިކަމަށް އެދިވަޑައިގެން، މި ޙަމަލާއިން ޝިންޒޯއަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފައެވެ.

އަބޭ ޖަޕާނުގެ ބޮޑުވަޒީރުކަމާއި ހަވާލުވެވަޑައިގެންނެވީ 2012 ވަނަ އަހަރުއެވެ. އޭގެކުރިން 2006 ވަނަ އަހަރުން ފެށިގެން 2007 ވަނަ އަހަރަށް ވެސް އަބޭ ވަނީ ޖަޕާނުގެ ބޮޑުވަޒީރުކަން ކުރައްވާފައެވެ.

އަބޭއަކީ ޖަޕާނުގައި އެންމެ ގިނަ ދުވަހު ބޮޑުވަޒީރުކަން މިހާތަނަށް ކުރެއްވި ބޭފުޅާއެވެ. 

- ކޮމެންޓް