ކ. މާލެ
|
8 ޖުލައި 2022 | ހުކުރު 07:05
މޯލްޑިވްސް އިމިގްރޭޝަން
މޯލްޑިވްސް އިމިގްރޭޝަން
އިމިގްރޭޝަން
ޕާސްޕޯޓް ދޫކުރުން
ބުރާސްފަތި ދުވަހު ރެކޯޑު އަދަދަކަށް ޕާސްޕޯޓު ދޫކޮށްފި
ބަންދާ ދިމާކޮށް އިމިގްރޭޝަނުން ވަނީ އެ އިދާރާގެ މަސައްކަތު ވަގުތު އިތުރުކޮށްފައި
ބުރާސްފަތި ދުވަހު 596 ޕާސްޕޯޓް ދޫކޮށްފައިވޭ

މޯލްޑިވްސް އިމިގްރޭޝަނުން ބުރާސްފަތި ދުވަހު ރެކޯޑު އަދަދަކަށް ޕާސްޕޯޓު ދޫކޮށްފިއެވެ.

އިމިގްރޭޝަނުން ވަނީ ބުރާސްފަތި ދުވަހުގެ ރޭގެ 12:00 އާ ހަމައަށް ޕާސްޕޯޓު ދޫކޮށްފައެވެ. މި ވަގުތުގެ ތެރޭގައި ޖުމްލަ 596 ޕާސްޕޯޓް ދޫކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ. އެއީ ބުރާސްފަތި ދުވަހުގެ ހެނދުނު 10:00ގެ ކުރިން ފައިސާ ދައްކާފައިވާ ހުރިހާ ފަރާތްތަކެވެ.

ސްކޫލް ބޮޑު ޗުއްޓީއާއި، އީދު ޗުއްތީއާ ދިމާކޮށް މި ދުވަސްވަރު ޕާސްޕޯޓަށް އޮތް ޑިމާންޑު ވަނީ ވަރަށް ބޮޑުވެފައެވެ. އެއާއެކު އިމިގްރޭޝަނުން ވަނީ މިދިޔަ މަހުގެ މެދުތެރެއިން ފެށިގެން އެއިދާރާގެ މަސައްކަތު ވަގުތުވެސް އިތުރުކޮށްފައެވެ. ރޭގަނޑު 9:30 އާ ހަމައަށް އެ އިދާރާގެ މަސައްކަތު ވަގުތު ވަނީ އިތުރުކޮށްފައެވެ.

އިމިގްރޭޝަނުން ބުނީ މީގެ ކުރިން ދުވާލެއްގެ މައްޗަށް ޕާސްޕޯޓަށް އެދި ހުށަހަޅާނީ 200 އެޕްލިކޭޝަން ކަމަށެވެ. އެހެންނަމަވެސް މިހާރު އެވަރޭޖްކޮށް 800 އެޕްލިކޭޝަން ހުށަހަޅާ ކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް
- ގުޅުންހުރި
އިޒްރޭލް ޕާސްޕޯޓު މައްސަލައިގައި ސަރުކާރު ހޫނު ފެނަށް ވެއްޓުމުން، ހިލުވާލި ދަރަނި ދަންތުރައިގެ ވާހަކަ!
އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރުމާ ގުޅޭ މައްސަލަ މަޖިލީހުގައި ހާމަކަން ބޮޑުކޮށް ގެންދެވެންޖެހޭނެ: މެމްބަރު ޒިޔާދު
އިސްރާއީލު އެންމެން އައުން މަނާކުރުމުގެ ވިސްނުމެއް ސަރުކާރުގެ ނެތް - އުޝާމް
އީދު ބަންދުގައި ވެސް ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ - އިމިގްރޭޝން
ނާޒިލް ޕީއެންސީ މެންބަރުންނަށް "އިޒްރޭލު ޕާސްޕޯޓާއި ގުޅިގެން ތެދުވެ ވާހަކަދައްކަވާކަށް ނުކުރޭނެ، މިއަދު ފޮށާ ގެއްލިއްޖެ"
ހެޔޮނިޔަތުގައި އިޒްރޭލު ޕާސްޕޯޓު މަނާކުރަން ބޭނުންކަމުގައި ވާނަމަ ރައީސްގެ ގަރާރަކުން ވެސް ނިންމާލެވިދާނެ، ކުރީ ސަރުކާރުން ނުކުރީކަމަށް ބުނެ ފުއްދާލެވެން ނެތް - މައުރޫފް
ޔަހޫދީންނަކީ ﷲ ބާވާލެއްވި ދީނެއްގައި ރަސޫލުންނަށް އީމާން ވެފައިތިބި ބައެއް، ޕާސްޕޯޓް މަނާކުރުމުގައި ފުންކޮށް ވިސްނަންޖެހޭ - ގާސިމް
އިޒްރޭލް ޕާސްޕޯޓް މަނާ ކުރާ މައްސަލައިގައި އެމެރިކާގެ ކޮންގްރެސް އިން ރާއްޖެއަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަނީ