ކ. މާލެ
|
6 ޖުލައި 2022 | ބުދަ 22:28
ޕާސްޕޯޓް ދޫކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ 12 ޖަހަންދެން ހިދުމަތްދޭނެ
ޕާސްޕޯޓް ދޫކުރުމަށް ބުރާސްފަތި ދުވަހުގެ ރޭ 12 ޖަހަންދެން ހިދުމަތްދޭނެ
ރާއްޖެއެމްވީ
ޕާސްޕޯޓް ދޫކުރުން
ބުރާސްފަތި ދުވަހުގެރޭ 12 ޖަހަންދެން ޕާސްޕޯޓް ދޫކުރާނެ – އިމިގްރޭޝަން
ޕާސްޕޯޓަށް ފައިސާ ދެއްކެވުމަށް ޕޭމަންޓް ލިންކް ފޮނުވުމުން، ބުރާސްފަތި ދުވަހުގެ ހެނދުނު 10:00ގެ ކުރިން ފައިސާ ދައްކާ ހުރިހާ ފަރާތްތަކަށް ޕާސްޕޯޓް ލިބޭނެ

ބުރާސްފަތި ދުވަހުގެރޭ 12 ޖަހަންދެން ޕާސްޕޯޓް ދޫކުރަމުން ގެންދާނެކަމަށް މޯލްޑިވްސް އިމިގްރޭޝަނުން ބުނެފިއެވެ.

އިމިގްރޭޝަނުން ބުނީ 7 ޖުލައި ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 12 ޖެހުމާއި ހަމައަށް ޕާސްޕޯޓް ދޫކުރުން ކުރިއަށްގެންދިއުމަށް ކޮންޓްރޯލަރ ޖެނެރަލް ނިންމަވާފައިވާ ކަމަށެވެ.

އެހެންކަމުން ޕާސްޕޯޓް އެޕްލިކޭޝަންގެ ވެރިފިކޭޝަން ޕްރޮސެސް ނިމި ޕާސްޕޯޓަށް ފައިސާ ދެއްކެވުމަށް ޕޭމަންޓް ލިންކް ފޮނުވުމުން، ބުރާސްފަތި ދުވަހުގެ ހެނދުނު 10:00ގެ ކުރިން ފައިސާ ދައްކަވާ ހުރިހާ ފަރާތްތަކަށް، ޕާސްޕޯޓު ބަލާ ދުރުވުމަށް އެޕޮއިންޓްމެންޓް ހަމަޖެއްސުމަށްފަހު  އެސްއެމްއެސްގެ ޒަރިއްޔާއިން އަންގާނެ ކަމަށެވެ.

އަދި އެޕޮއިންޓްމަންޓް ލިބޭ ގަޑިއަށް ސަމާލުވެ ޕާސްޕޯޓް ބަލާ ދުރުވުމަށް ވަނީ އެދިފައެވެ.

އަދި ކުރިން ދުވަސްތަކުގެ އެޕޮއިންޓްމަންޓަށް ހާޒިރު ނުވެވުނު ފަރާތްތަކުން، މެންދުރުފަހު 3 ޖެހުމުގެ ކުރިން ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް ކިއު ނަންބަރު ނެގުމަށް ވަނީ އެދިފައެވެ. މިވަގުތުގައި ނެގޭ ހުރިހާ ނަންބަރުތަކަށް ކިއު ތަރުތީބުން ހިދުމަތްދޭނެކަމަށް އިމިގްރޭޝަނުން ވަނީ ބުނެފައެވެ.

- ކޮމެންޓް