ކ. މާލެ
|
6 ޖުލައި 2022 | ބުދަ 11:38
ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަން
ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަން
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަން
ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަނަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
 
ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް

ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަނަށް ނަން ހުށަހެޅުމުގެ ފުރުސަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފިއެވެ.

އެޗްޑީސީން ބުނީ ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ޖުލައި 16 ވަނަ ދުވަހުގެ ނިޔަލަށް ކަމަށެވެ. އަދި ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ގޫގުލް ފޯމެއް މެދުވެރިކޮށް ކަމަށެވެ.

ރާއްޖޭގެ ފުރަތަމަ ޖައްވީ މިޝަންގެ ބޭނުމަކީ ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ މައުލޫމާތު އެއްކުރަން ޕްރޮޓޯޓައިޕް ސެޓްލައިޓެއް ހަދައި އެ ޓެސްޓް ކުރުން ކަމަށް އެޗްޑީސީން ބުނެއެވެ.

މި މިޝަނަކީ އިންސްޓިޓިއުޓް ފޮރ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ކުރިއަށްގެންދާ ހަރަކާތެކެވެ. މި ހަރަކާތުގެ މެއިން ޕާޓްނަރެއްގެ ގޮތުގައި އެޗްޑީސީ ހަމަޖައްސާފައި ވަނީ 27 ފެބްރުއަރީ 2022 ގައެވެ. މިމިޝަނާއި ގުޅެގޮތުން އެޗްޑީސީން އާއްމުކުރި ވީޑިއޯއެއްގައި އައިޖީއެސްގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުޙައްމަދު ވިދާޅުވީ މިއީ ތާރީޚީ މިޝަނެއް ކަމަށެެވެ. އަދި މިއީ މުސްތަޤުބަލަށް މުހިންމު މަސައްކަތެއް ކަމަށާއި މީގެ ސަބަބުން ބައިނަލްއަޤުވާމީ ގޮތުން ރާއްޖޭގެ ހައިބަތު އިތުރަށް އުފުލޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެޗްޑީސީން މައުލޫމާތު ދޭ ގޮތުގައި މި މިޝަންގައި ތައްޔާރުކުރާ ޕްރޮޓޯޓައިޕް ސެޓެލައިޓް ބިނާ ކުރާނީ ހުޅުމާލޭގައެވެ. އަދި ސެޓެލައިޓް ލޯންޗު ކުރަން ހަމަޖެހިފައިވަނީ ބޭރުގެ ޖައްވީ އިދާރާތަކާއި ގުޅިގެން ކަމަށް ވެސް އެޗްޑިސީން ބުނެއެވެ.

އެ ކުންފުނިން ބުނީ ރާއްޖޭގައި ވެސް ދުނިޔޭގެ ފެންވަރުގެ އެކި ހުނަރުތައް ދިވެހި ޒުވާނުން ދައްކަމުން އަންނަ ކަމަށާއި ޓެކްނޮލޮޖީގެ ދާއިރާގައި ދުނިޔޭގެ ނަން މަޝްހޫރު ކުންފުނިތަކާއި އެއް ފެންވަރުގެ އެޕްލިކޭޝަންތައް ދިވެހިންވެސް ތަރައްޤީކޮށްފައިވާ ކަމަށެވެ. އަދި ދިވެހި ޒުވާނުންގެ މިފަދަ އިސްނެގުންތަކަށް އެޗްޑީސީން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށާއި ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދޭނެ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް