Advertisement
ކ. މާލެ
|
3 ޖުލައި 2022 | އާދީއްތަ 13:02
މުހައްމަދު ލަތީފް (ގޯގޯ ލަތީފް)
މުހައްމަދު ލަތީފް (ގޯގޯ ލަތީފް)
ޓްވިޓަރ
ލަތީފް އަވަހާރަވުން
އެމްޑީޕީ އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްވި ގޯގޯ ލަތީފް އަވަހާރަވެއްޖެ
ލަތީފަކީ އެމްޑީޕީ އުފެއްދުމަށް މުހިންމު ރޯލެއް އަދާކުރައްވާފައިވާ ބޭފުޅެއް
ގިނަ ބަޔަކު ގެންދަނީ ތައުޒިޔާގެ މެސެޖުތައް ފޮނުވަމުން
ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ލަތީފް ކުރެއްވި މަސައްކަތްތައް ގިނަ

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްވި މުހައްމަދު ލަތީފް އަވަހާރަވެއްޖެއެވެ.

އޭނާ އަވަހާރަވީ ގިނަ ދުވަސްތަކެއް ވަންދެން ބަލިވެ އުޅުއްވުމަށް ފަހުއެވެ. އޭނާ ވަނީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު އެއް ސިޔާސީ ޕާޓީކަމުގައިވާ އެމްޑީޕީ އުފެއްދުމުގައި ބޮޑު ރޯލެއް އަދާކުރައްވާފައެވެ.

Advertisement

ލަތީފް އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އެމްޑީޕީގެ އެއް ފައުންޑަރ މެންބަރު އަދި ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގައި ގިނަ މަސައްކަތްތައް ކޮށްދެއްވި ގޯގޯ ލަތީފް އަވަހާރަވި ޚަބަރު އެއްސެވީ ފުންހިތާމައާ އެކު ކަމަށް ވިދާޅުވެފައެވެ. މަރްޙޫމަށް މާތް ﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރައްވައި ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ކުރައްވާކަމަަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގޯގޯ ލަތީފަކީ އެމަނިކުފާނުގެ ހަޔާތްޕުޅުގައި ދިމާވި ވަރަށް ހިތްހެޔޮ، ވަފާތެރި، ވިސްނުންތެރި އަދި އެހާމެ ހިތްވަރުގަދަ އެއް ބޭފުޅާ ކަމަށެވެ. އަދި އެމަނިކުފާނަށް ސިޔާސީ ގިނަ ކަންކަމުގައި ހެޔޮ ލަފާ ދެއްވި ބޭފުޅެއްކަމަށް ވެސް ވިދާޅުވިއެވެ.

ލަތީފް އަވަހާރަވުމާއި ގުޅިގެން އެމްޑީޕީންނާއި، ސަރުކާރުގެ އެކި އިދާރާތަކުންވެސް ދަނީ ތައުޒިޔާގެ މެސެޖުތައް ފޮނުވަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް