ކ. މާލެ
|
2 ޖުލައި 2022 | ހޮނިހިރު 19:29
މެއިމަހު ހުށަހެޅުނު ގިނަ މައްސަލަތަކަކީ ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކެއް
މެއިމަހު ހުށަހެޅުނު ގިނަ މައްސަލަތަކަކީ ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކެއް
ޖެންޑާ މިނިސްޓްރީ
ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް
މެއި މަހު ޖެންޑަރއަށް 278 މައްސަލަ ހުށަހެޅުނު، ގިނައީ ކުޑަކުދިންނާ ގުޅުންހުރި މައްސަލަތައް
މެއި މަހުގައި 6 ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނެގިފައިވޭ
އިހުމާލުވުމުގެ 26 މައްސަލަ، އަދި ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 20 މައްސަލަ ހުށަހެޅިފައިވޭ

މެއި މަހު މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއަށް ޖުމްލަ 278 މައްސަލަ ރިޕޯޓުކޮށް، އެޓެންޑްކޮށްފިއެވެ.

ޖެންޑަރ މިނިސްޓްރީން ބުނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 137 މައްސަލަ މެއިމަހު ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނީއްކައާއި ޖިސްމާނީ ހާނީއްކައިގެ މައްސަލަތަކެވެ. މި ބާވަތުގެ 31 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

މި ބާވަތުގެ މައްސަލަތަކުގެ އިތުރުން އިހުމާލުވުމުގެ 26 މައްސަލަ، ގެވެށި އަނިޔާގެ އަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 20 މައްސަލަ، އެހެންކުދިންގެ ފަރާތުން ގަނާ ލިބުމުގެ 9 މައްސަލަ، ނަފްސާނީ ހާނީއްކައިގެ 9 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 4 މައްސަލަ، ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 3 މައްސަލަ، ނަހަމަ ގޮތުގައި ވިޔަފާރި ފައިދާއަށް ބޭނުންކުރުމުގެ 2 މައްސަލަ އަދި އެހެން ކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 2 މައްސަލަ ހުށަހެޅިފައިވެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާއާއި ގެވެށި އަނިޔާގެ 49 މައްސަލަ މެއިމަހު މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ. މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިސްމާނީ އަނިޔާކުރުމުގެ 25 މައްސަލައެވެ.

މިބާވަތުގެ މައްސަލަތަކުގެ އިތުރުން ނަފްސާނީ އަނިޔާކުރުން، އަނގަބަހުންކުރެވޭ އަނިޔާގެ 13 މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންތައްތަކުގެ 5 މައްސަލަ، ޖިންސީ ހާނީއްކައިގެ 3 މައްސަލަ، ނަހަމަގޮތުގައި ބޭނުންކުރުމުގެ 1 މައްސަލަ، އިހުމާލުވުމުގެ 1 މައްސަލަ އަދި ގަދަކަމުން ޖިންސީ ގޯނާކުރުމުގެ 1 ހިމެނެއެވެ.

އާއިލީ 31 މައްސަލަ މެއިމަހު މިނިސްޓްރީއަށް ވަނީ ހުށަހަޅާފައެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި ހަޟާނާތު ނުވަތަ ކުދިންނާ ބައްދަލުކުރުމުގައި ޖެހޭ 15 މައްސަލަ، ކުދިން ބެލުމުގައި ޖެހޭ 7 މައްސަލަ، ކުދިންނާ ބައްދަލުކުރުމުގައިޖެހޭ 6 މައްސަލަ، އަދި ދަރިންގެ ޚަރަދު ދިނުމުގައި ޖެހޭ 3 މައްސަލަ ހިމެނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން 19 މައްސަލަ މެއި މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 18 މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ 1 މައްސަލައެވެ.

ހައްގުތަކުން ކުޑަކުދިން މަހުރޫމުކުރުމުގެ 2 މައްސަލަ މެއިމަހު ވަނީ ރިޕޯޓުކޮށްފައެވެ. އެއީ އައިޑީ ކާޑް/ ޕާސްޕޯޓް/ އުފަންދުވަހުގެ ސެޓްފިކެޓް ހޯދުމާއި ބެހޭ 1 މައްސަލައާއި ކުދިން ސްކޫލަށް ނުފޮނުވުމުގެ 1 މައްސަލައެވެ.

ކުޑަކުދިންގެ އަޚުލާގާ ގުޅުންހުރި 19 މައްސަލަ މެއިމަހު ވަނީ ހުށަހަޅާފައެވެ. މިފަދަ މައްސަލަތަކުގެ ތެރޭގައި; ގެއިން ނިކުމެގެން ދިއުމުގެ 7 މައްސަލަ ސްކޫލަށް ދާން ބޭނުންނުވުމުގެ 5 މައްސަލަ، ރުޅިއިސްކުރުން/ރުޅިގަދަވެގެން އުޅުމުގެ 3 މައްސަލަ، ރުޅިވެރި، ގަވާއިދާ ޚިލާފު ނުވަތަ އިޖުތިމާއީ ގުޅުން ބަދަހިކުރުމަށް އުޒުރުވެރިވާ އަމަލުތަކުގެ 2 މައްސަލަ، ސުލޫކީ 1 މައްސަލަ އަދި ކުށުގެ ވެއްޓަށް ހުށަހެޅިދާނެފަދަ އަމަލުތަކުގެ 1 މައްސަލަ ހިމެނެއެވެ.

އަމިއްލަ ނަފުސަށް ގެއްލުންދިނުމާގުޅޭ 14 މައްސަލަ މެއި މަހު މިނިސްޓްރީއަށް ރިޕޯޓުކޮށް، އެޓެންޑްކޮށްފައިވެއެވެ. މެއިމަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ޖުމުލަ އަދަދަކީ 203އެވެ. މެއި މަހު 6 ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ނެގިފައިވެއެވެ. އަދި 4 ކުއްޖަކު ރީއިންޓަރގްރޭޓް ކުރެވިފައިވެއެވެ.

- ކޮމެންޓް