ކ. މާލެ
|
28 ޖޫން 2022 | އަންގާރަ 11:04
ޢަބްދުއްރަޙްމާން ވަނީ ގެތަށް އަލުން ކޮޅަށް ޖެހުމަށް ސަރުކާރުގެ އެހީއަށް އެދި، ގޮވާލާފައި
އަފްޣާނިސްތާނަށް އައި ބާރުގަދަ ބިންހެލުން
އަފްޣާން ބިންހެލުން: އަހަރެންގެ އާއިލާއިން 11 މެންބަރުން މަރުވި، އަހަރެންނަށް އެހީވެދީ!
 
އޭނާގެ އަތުގައި 100 އަފްޣާނީވެސް ނެތް
 
އޭނާ އެދެނީ، އެމީހުންގެ ގެތައް، ސަރުކާރުން އާރާސްތު ކޮށްދޭން
 
ޢަބްދުއްރަޙްމާންގެ އާއިލާއިން އެކަނިވެސް 11 މީހެއްގެ ފުރާނަ ގެއްލިފައިވޭ

އެއީ ފާއިތުވިދިޔަ 20 އަކަށް އަހަރު ދުވަހުގެ ތެރޭގައިވެސް އަފްޣާނިސްތާނަށް އައި އެންމެ ވަރުގަދަ ބިންހެލުމެވެ. މިދިޔަ ބުދަ ދުވަހުގެ މެންދަމުން އަލިވެލިވަގުތު ރެކްޓާ މިންގަނޑުން 6.1ގެ ބާރުމިނުގައި އަފްޣާނިސްތާނު ގުޑުވާލި ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 1000 އިން މައްޗަށް އަރާފައިވާއިރު، ޢަބްދުއްރަޙްމާންގެ އާއިލާއިން އެކަނިވެސް 11 މީހެއްގެ ފުރާނަ ގެއްލިފައިވާ ކަމަށް އޭނާ ވަނީ ކިޔާދީފައެވެ.

އަހަރެންގެ އަޚުންނާއި، އަހަރެންނަށް ބޮޑުބޭބެ ކިއާ ދަރިން ޝަހީދުވި. 11 މީހުން މަރުވެއްޖެ. 3 މީހުން ޒަހަމްވި. އަހަރަމެން މިވަނީ އިންތިހާއަށް އެހީ ބޭނުން ވެފަ. ހުރިހާ އެންމެނަށްވެސް އެހީ ބޭނުންވޭ
ޢަބްދުއްރަޙްމާން؛ އަފްޣާން ރައްޔިތެއް

ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކުރި ޕަކްތިކާ ޕްރޮވިންސްއަށް ލިބިފައިވާ ގެއްލުންތަކަށް އިޝާރާތް ކޮށް ވާހަކަ ދައްކަމުން، ޢަބްދުއްރަޙްމާން ވަނީ މަރުގެ ހާދިސާތައް ހިނގި ސަރަހައްދުތައް ކިއާދީފައެވެ.

މި ހުރިހާ އިމާރާތެއްގައި ވަނީ ރެނދުލާފަ. މި ތަން ބަލާބަލަ. ބަލާބަލަ. މިތަނުގައި މަރުވީ ތުއްތު ކުއްޖެއް. އެއީ ވަރަށް ފަހުން އުފަންވި ކުއްޖެއް. އަދި ތިން ހަތަރު މަހެއް ވާނީ. މި ހުރިހާ ގެއެއް ހަލާކުވި. ބަލާބަލަ. އެވެސް އެހުރީ ހަލާކުވެފަ
ޢަބްދުއްރަޙްމާ؛ އަފްޣާން ރައްޔިތެއް

ޢަބްދުއްރަޙްމާން ވަނީ ގެތަށް އަލުން ކޮޅަށް ޖެހުމަށް ސަރުކާރުގެ އެހީއަށް އެދި ގޮވާލާފައެވެ.

އަހަރެން މި ހުރީ ވަރަށް ފުން ހިތާމައެއްގަ. އަހަރެން އެދެނީ، އަހަރަމެންގެ ގެތައް، ސަރުކާރުން އާރާސްތު ކޮށްދޭން. މާ ބޮޑަކަށް ކާއެއްޗެއް ބޭނުމެއް ނުވޭ. އެއީ ދަތިކަމެއް ނޫން. ދަތިވަނީ ގެ އިމާރާތް ކުރަން. އެންމެ ބޮޑަށް އެހީ ބޭނުންވަނީ މިކަމުގަ. މިހާރު މިއޮތީ އަވިދީފަ، ހޫނުވެ. ދެން ކުރިއަށް އޮތީ ފިނި މޫސުން. އަހަރަމެންނަކީ ފަޤީރުން. އަހަރެންގެ އަތުގައި 100 އަފްޣާނީވެސް ނެތް. އެންމެ 100 އަފްޣާނީވެސް ނެތް
ޢަބްދުއްރަޙްމާން؛ އަފްޣާން ރައްޔިތެއް

ޖޫން 22 ވަނަ ދުވަހުގެ ބިންހެލުމަކީ އަފްޣާނިސްތާނުގެ ކޮންޓްރޯލް ނަގައިގެން އޮތް ތާލިބާން ސަރުކާރަށް ކުރިމަތިލާން ޖެހިފައިވާ ބޮޑު އިމްތިހާނެއް ކަމަށް ބައިނަލްއަގުވާމީ މުޖުތަމައުން ސިފަ ކުރެއެވެ. ބިން ހެލުން އައި އިރުވެސް އަފްޣާނިސްތާނަކީ ތަފާޓު އެތައް ކާރިސާއެއް އުފެދިފައި އޮތް ގައުމެކެވެ. ސިއްހީ ނިޒާމު އޮތީ މުޅިންހެން އިނދަޖެހިފައެވެ. ބައިނަލްއަގުވާމީ މުޖުތަމައުން ވަނީ އަފްޣާނިސްތާނު އެކަހެރި ކޮށްފައެވެ. ހުޅަނގުން އަޅާފާނެ ދަތި ކުރުމުގެ ފިޔަވަޅުތަކުގެ ބިރަށް، އަފްޣާނިސްތާނަށް އެހީގެ އަތެއް ދިއްކޮށްލުމަކީ، ކޮންމެ ކޮންމެ ގައުމަކަށް ކުރަން ކުރޭ ވަރުގެ ކަމެއް ނޫނެވެ. 

އަފްޣާނިސްތާނުގައި އިންސާނީ ކާރިސާއެއް އުފެދިފައިވާއިރު، އދ. ފަދަ ބައެއް ޖަމާއަތްތަކުން މިހާރުވެސް ދަނީ އަފްޣާނިސްތާނަށް އެހީ ފޯރުކޮށްދެމުންނެވެ. ނަމަވެސް، އެންމެ ފުރިހަމަ ގޮތުގައި އެހީ ފޯރުކޮށްދިނުމަށް ތާލިބާނުން ހުރަސްތައް ކުރިމަތި ކުރަމުން ދާ ކަން، އދ. ގެ އިސް އޮފިޝަލެއްކަމަށްވާ މާޓިން ގްރިފިތްސް ވަނީ އދ. ގެ ސަލާމަތީ މަޖިލީހަށް ދަންނަވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
100%
0%
0%
0%
0%
0%
ކޮމެންޓް