ކ. މާލެ
|
27 ޖޫން 2022 | ހޯމަ 18:29
ޑީއާރްޕީގެ ލީޑަރ އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު
ޑީއާރްޕީގެ ލީޑަރ އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު
ޝުއައިބް މުހައްމަދު އިގްބާލް
މެމްބަރުން ހަމަކުރުން
ޑީއާރްޕީން 3000 މެމްބަރުން ހަމަކޮށްފި
ރަސްމީ ލިޔުން ޖޫން 27ގައި ޕާޓީއަށް ފޮނުވާފައިވޭ

ދިވެހި ރައްޔިތުންގެ ޕާޓީން 3000 މެމްބަރުން ހަމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ބުނާ 3000 މެމްބަރުން ހަމަނުވެގެން އުވާލަން ނޯޓިސް ދީފައިވާ މުއްދަތުގެ ތެރޭގައި, ދިވެހި ރައްޔިތުންގެ ޕާޓީން 3000 މެންބަރުން ހަމަކުރުމާގުޅިގެން އެކަމުގެ ރަސްމީ ލިޔުން 27 ޖޫންގައި ޕާޓީއަށް ފޮނުވާފައިވާކަމަށެވެ.

ދިވެހި ރައްޔިތުންގެ ޕާޓީން 3000 މެމްބަރުން ހަމަކޮށްފައިވާއިރު މި މުއްދަތުގެ ތެރޭގައި އެމްޓީޑީން 3000 މެންބަރުން ހަމަކުރުމާގުޅިގެން އެކަމުގެ ރަސްމީ ލިޔުން 22 ޖޫންގައި އެ ޕާޓީއަށް ވަނީ ފޮނުވާފައެވެ.

3000 މެމްބަރުން ހަމަނުވެގެން އުވާލަން ނޯޓިސް ދީފައިވާ ޕާޓީތަކުގެ ތެރެއިން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އުފައްދަވާފައިވާ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް)އިން 3000 މެމްބަރުން ހަމަކުރުމުން ލިސްޓުން ވަނީ އުނިކޮށްފައެވެ. ޕާޓީތަކަށް މެމްބަރުން ހަމަކުރަން ނޯޓިސް ފޮނުވީ މާޗު މަހުއެވެ.

ރާއްޖޭގައި ސިޔާސީ ޕާޓީތައް ގިނަނަމަވެސް، ގިނަ ޕާޓީތަކުގައި 10،000 މެމްބަރުންވެސް ހަމައެއްނުވެއެވެ. ގާނޫނުގައި ބުނާގޮތުން ދައުލަތުން ބަޖެޓް ދޭނީ 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށް އެކަންޏެވެ. މި އަދަދު ހަމަވާ ޕާޓީތަކުގެ ތެރޭގައި ހިމެނެނީ 4 ޕާޓީއެވެ. އެއީ އެމްޑީޕީއާއި ޕީޕީއެމްއާއި ޖުމްހޫރީ ޕާޓީއާއި އަދާލަތު ޕާޓީއެވެ. 3000 މެމްބަރުން ޕާޓީގައި ހަމަނުވާނަމަ އެ ޕާޓީއެއް އުވާލާނެއެވެ.

މެމްބަރުން ހަމަކުރަން ބައެއް ޕާޓީތަކުން ސައްހަ ނޫން ފޯމުތައް ހުށަހަޅާ މައްސަލަވެސް ވަނީ ބޮޑުވެފައެވެ. މިކަމާގުޅިގެން އީސީން ވަނީ، ސައްހަ ނޫން ކޮންމެ ފޯމަކަށް، އެ ޕާޓީއެއް 10،000 ރުފިޔާއިން ޖޫރިމަނާކުރަން ނިންމާފައެވެ. އަދި ރަޖިސްޓްރާވެސް ފުރަތަމަ ފަހަރަށް 5،000 ރުފިޔާއިން، އަދި އެކަން ތަކުރާރުވެއްޖެނަމަ 10،000 ރުފިޔާއިން ޖޫރިމަނާކުރަން ވަނީ ނިންމާފައެވެ.

މީގެ އިތުރުން އޮކްޓޯބަރު މަހާ ހަމައަށް އެކަންކަން އިސްލާހުނުވެއްޖަނަމަ، ފޯމުގައި ސޮއިކުރާ ހެކިވެރިންވެސް ޖޫރިމަނާކުރަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.


Advertisement
- ކޮމެންޓް