Advertisement
ކ. މާލެ
|
27 ޖޫން 2022 | ހޯމަ 13:30
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
ޓްވިޓަރ
ކޮމަންވެލްތުގެ އައު މެންބަރު ގައުމުތައް
ކޮމަންވެލްތުގެ އައު މެމްބަރު ޤައުމުތަކަށް މިނިސްޓަރު ޝާހިދު މަރުޙަބާ ވިދާޅުވެއްޖެ
ކޮމަންވެލްތުގެ މެމްބަރުކަން ލިބުނު ދެ ޤައުމަކީ ގެބޮން އަދި ޓޯގޯ

ކޮމަންވެލްތުގެ މެމްބަރުންގެ ގޮތުގައި އެޖަމާޢަތާއި އަލަށް ގުޅުނު ހުޅަނގު އެފްރިކާގެ ދެ ޤައުމަށް، މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު މަރުހަބާ ވިދާޅުވެއްޖެއެވެ.

ކޮމަންވެލްތުގެ މެމްބަރުކަން ލިބުނު ދެ ޤައުމަކީ ގެބޮން އަދި ޓޯގޯއެވެ.

Advertisement

މިނިސްޓަރު ޝާހިދުގެ މަރުޙަބާގެ މެސެޖްގައި، ދެޤައުމުގެ ޚާރިޖީ ވަޒީރުންނާއި ސަރުކާރާއި އަދި ރައްޔިތުންނަށް މަރުޙަބާ ވިދާޅުވެ، ކޮމަންވެލްތު ޤައުމުތަކަށް ދިމާވެފައިވާ އެކިއެކި މައްސަލަތަކަށް ހައްލު ހޯދުމުގައި ގުޅިގެން ކުރާ މަސައްކަތުގައި އެޤައުމުތަކާއެކު މަސައްކަތް ކުރެވޭނެކަމަށް ޔަޤީންކަން ކުރައްވާކަމަށް ވިދާޅުވިއެވެ. އަދި މިއީ އެޤައުމުތަކަށާއި، ކޮމަންވެލްތަށްވެސް ލިބުނު ކުރިއެރުމެއްގެ ގޮތުގައި މިނިސްޓަރު ޝާހިދު ސިފަކުރެއްވިއެވެ.

ގެބޮން އަދި ޓޯގޯ ކޮމަންވެލްތުގެ އާ މެމްބަރުންނަށް ވެފައިވަނީ ނިމިދިޔަ ހަފްތާގައި ރުވާންޑާގެ ވެރިރަށް ކިގާލީގައި ބޭއްވި ކޮމަންވެލްތު ޤައުމުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައެވެ. މިއާއެކު ކޮމަންވެލްތު މެމްބަރު ޤައުމުތަކުގެ އަދަދު 56 އަށް ވަނީ އިތުރުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް