ކ. މާލެ
|
26 ޖޫން 2022 | އާދީއްތަ 16:43
ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް ފުލެޓަށް ކުރިމަތިލެވޭނެ
މާލެ ރައްޔިތުންނަށް ދޭ 4000 ފުލެޓް
މާލޭ ރައްޔިތުންނަށް ހުޅުވާލި 4000 ފުލެޓަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި
މާލޭގައި މެދުނުކެނޑި ދިރިއުޅެމުންގެންދާތާ 15 އަހަރުވެފައިވާ ފަރާތެއްކަމުގައިވުން
މައި އެޕްލިކަންޓަކީ މާލޭގެ ރަށްވެއްސަކަށްވެފައިވާތާ 15 އަހަރުވެފައިވާ ފަރާތެއްކަމުގައިވުން

މާލޭ ރައްޔިތުންނަށް ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުވާލި 4000 ފުލެޓަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އާދީއްތަ ދުވަހު ދަރުބާރުގޭގައި ބޭއްވި ހަފްލާގައި 4000 ފުލެޓަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނާނެ ޝަރުތުތަކާއި އެޕްލިކަންޓް ހުށަހަޅާ ފަރާތްތަކާއި ކޯއެޕްލިކަންޓުންނަށް ވެވޭނެ ފަރާތްތަކުގެ މައުލޫމާތު ވަނީ އާމުކޮށްފައެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގްރާމުގެ ދަށުން، ފްލެޓަށް އެދި ހުށަހަޅާ ފަރާތްތަކުގެ ޝަރުތުތައް

  • ދިވެހި ރައްޔިތަކަށްވުން.
  • އުމުރުން 18 އަހަރު ވެފައިވާ މީހަކު ކަމުގައިވުން.
  • މައި އެޕްލިކަންޓަކީ މާލޭގެ ރަށްވެއްސަކަށްވެފައިވާތާ 15 އަހަރުވެފައިވާ ފަރާތެއްކަމުގައިވުން.
  • ނުވަތަ މާލޭގައި މެދުނުކެނޑި ދިރިއުޅެމުންގެންދާތާ 15 އަހަރުވެފައިވާ ފަރާތެއްކަމުގައިވުން.
  • މައި އެޕްލިކަންޓް އަދި ކޯއެޕްލިކަންޓް އަކީ މާލެސިޓީ އިން، ޕްރައިވެޓް ރިއަލް އެސްޓޭޓް މާކެޓްއިން 600 އަކަފޫޓް ނުވަތަ އެއަށްވުރެ ބޮޑު ހައުސިންގ ޔުނިޓެއް ނުވަތަ ބިމެއް ގަނެ ނުވަތަ ގަތުމަށް، އެއްބަސްވުމެއްގައި ސޮއިކޮށް ފައިސާ ދައްކަން ފަށާފައިވާ ފަރާތެއް ކަމުގައި ނުވުން.
  • މި އެޕްލިކޭޝަން ހުށައަޅާ ތާރީހުގައި މައި އެޕްލިކަންޓް އަދި ކޯ އެލްޕިކަންޓް ހިމެނޭ ގޮތަށް ވޭތުވެދިޔަ 3 އަހަރު ތެރޭގައި މާލެ ސިޓީގައި ދިރިއުޅުމަށް ހޯދިފައިވާ 600 އަކަފޫޓް ނުވަތަ އެއަށްވުރެ ބޮޑު ތަނެއް މީހަކަށްދީ ނުވަތަ ވިއްކާފައިވާ ފަރާތެއްކަމުގައި ނުވުން.
  • މައި އެޕްލިކަންޓް އަދި ކޯ އެޕްލިކަންޓަކީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ އެއްވެސް މަޝްރޫއަކުން މީގެ ކުރިން ބޯހިޔަވަހިކަމެއް ލިބިފައިވާ ފަރާތަކަށް ވެގެން ނުވުން.
  • މައި އެޕްލިކަންޓް އަދި ކޯ އެޕްލިކަންޓް ވަކިން މަހަކަށް ޖެހޭ ޖުމްލަ އާމްދަނީ 60،000 ރުފިޔާއަށްވުރެ އިތުރު ނުވުން.

ކޯއެޕްލިކަންޓަކަށް ވެވޭނީ

  • ބޯހިޔާވަހިކަމަށް އެދި ހުށަހަޅާއިރު، ކޯ އެޕްލިކަންޓްގެ ގޮތުގައި ހުށަހަޅާ ފަރާތުގެ އަނބިމީހާ/ފިރިމީހާ ހިމެނިދާނެ.
  • އާމްދަނީ އެސެސް ކުރުމުގައި މައި އެޕްލިކަންޓާއި ކޯ އެޕްލިކަންޓްގެ އާމްދަނީ އެސެސް ކުރެވޭނެ. އަދި އާމްދަނީ އެސެސް ކުރުމުގައި ގެރެންޓާގެ ގޮތުގައި އިތުރު ފަރާތްތައްވެސް ބައިވެރިކުރެވިދާނެ.
  • ނަމަވެސް ހައުސިންގ ޔުނިޓް ރަޖިސްޓްރީކޮށްދެވޭނީ އެޕްލިކަންޓުންގެ ނަންމަތީގައި.

ގެދޮރުވެރިޔާ ޕޯޓަލް މެދުވެރިކޮށް ފުލެޓަށް އެޕްލައިކުރެވޭނެ ގޮތް

- ކޮމެންޓް