Advertisement
ކ. މާލެ
|
25 ޖޫން 2022 | ހޮނިހިރު 13:53
ވިލާ ކޮލެޖުން ބާއްވާ ބައިނަލްއަޤްވާމީ ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތު ރައްޔިތުންގެ މަޖިލީހުގެ ރައީސް ޝަރަފުވެރިކޮށްދެއްވައިފި
ވިލާ ކޮލެޖުން ބާއްވާ ބައިނަލްއަޤްވާމީ ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތު ރައްޔިތުންގެ މަޖިލީހުގެ ރައީސް ޝަރަފުވެރިކޮށްދެއްވައިފި
މަޖިލިސް
ވިލާ ކޮލެޖުގެ ކޮންފަރެންސް
ވިލާ ކޮލެޖުން ބާއްވާ ބައިނަލްއަޤްވާމީ ކޮންފަރެންސް އެއް ރައީސް ނަޝީދު ޝަރަފުވެރި ކޮށްދެއްވައިފި
މި ކޮންފަރެންސް ބާއްވަނީ ޖޫން މަހުގެ 25ން 26ށް
ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ ތަޤުރީރު ކުރައްވާފައި
ވިލާ ކޮލެޖުން ހޯދާފައިވާ ކާމިޔާބީތައް ރައީސް ނަޝީދު ފާހަގަ ކުރެއްވި

ވިލާ ކޮލެޖުން ބާއްވާ ބައިނަލްއަޤްވާމީ ކޮންފަރެންސް އެއް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޝަރަފުވެރި ކޮށްދެއްވައިފިއެވެ.

ރައީސް ނަޝީދު ވަނީ ބުރާސްފަތި ދުވަހު ވިލާ ކޮލެޖަށް ޒިޔާރަތް ކުރައްވާފައެވެ. ވިލާ ކޮލެޖުން ބާއްވާ ރީފްރޭމިންގ އަވަރ ފިއުޗަރ - ޕްލޭސިންގ ޕީޕަލް އެޓް ދަ ސެންޓަރ" މި ތީމްގެ ދަށުން މި ހިނގާ ޖޫން މަހުގެ 25ން 26ށް މި ކޮންފަރެންސް ބޭއްވުމަށް ހަމަޖެހިފައިވާއިރު މި ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ވަނީ ތަޤުރީރު ކުރައްވާފައެވެ.

މި ކޮންފަރެންސް އަކީ ރާއްޖޭގައި އިލްމީ ދިރާސާގެ ސަޤާފަތެއް ދިރުވާ އާލާ ކުރުމަށާއި ކުރެވޭ ދިރާސާތަކުގެ ހޯދުންތައް ވީހާވެސް ފުޅާދާއިރާއެއްގައި ފެތުރުމާއެކު ދިރާސާ ކުރާ ފަރާތްތަކަށް އައު ފުރުސަތުތަކެއް ތަނަވަސް ކޮށްދިނުމުގެ މަޤްސަދުގައި 2016 ވަނަ އަހަރުން ފެށިގެން "އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސަރޗް އެންޑް އިނޮވޭޝަން" ނަމުގައި ބާއްވަމުން އަންނަ ކޮންފަރެންސް އެކެވެ.

Advertisement

އެމަނިކުފާނުގެ ތަގްރީރުގައި ރައީސް ނަޝީދު ވަނީ ވިލާ ކޮލެޖުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކުރައްވާ ވިލާ ކޮލެޖްގެ ފައުންޑަރ ޤާސިމް އިބްރާހީމްއަށާއި ވިލާކޮލެޖްގެ ރެކްޓަރ ޑރ. އަހްމަދު އަންވަރަށާއި ވައިސް ރެކްޓަރުންނަށާއި ޑެޕިއުޓީ ވައިސް ރެކްޓަރުންނަށާއި ޑީނުންނަށާއި އަދި ހުރިހާ މުވައްޒަފުންނަށް މަރުހަބާ ވިދަލުވެފައެވެ.

ވިލާ ކޮލެޖްއަކީ ރާއްޖޭގައި ހިންގަމުން އަންނަ ކުރިއަރާފައިވާ ކޮލެޖްއަކަށްވާއިރު މި ކޮލެޖްއަކީ 2010 ވަނަ އަހަރު ފަށާފައިވާ ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕް ޕްރޮޖެކްޓެއްގެ ވަރަށް ކާމިޔާބު މިސާލެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް