ކ. މާލެ
|
24 ޖޫން 2022 | ހުކުރު 05:57
ޗެމްޕިއަން ސިޓީ އުފާ ފާޅުކުރަނީ
ޗެމްޕިއަން ސިޓީ އުފާ ފާޅުކުރަނީ
އަދަދު
އެސޯސިއޭޝަން ކަޕް 2022
އެސޯސިއޭޝަން ކަޕްގެ ޗެމްޕިއަންކަން ސިޓީއަށް
ސިޓީން ވެމްކޯ ބަލިކުރީ 3-2 ސެޓުން

މިއަހަރުގެ އެސޯސިއޭޝަން ކަޕް ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ސްޕޯޓްސް ކްލަބް ސިޓީން ކާމިޔާބުކޮށްފިއެވެ.

ސިޓީން މުބާރާތް ކާމިޔާބުކުރީ ފައިނަލް މެޗުގައި ވާދަވެރި ކުޅުމަކަށްފަހު ކްލަބް ވެމްކޯ ބަލިކޮށްގެންނެވެ. ސިޓީން ވެމްކޯ ބަލިކުރީ 3-2 ސެޓުންނެވެ. މެޗުގެ ސެޓުތައް ނިމުނީ 25-15، 19-25، 19-25، 25-23 އަދި 17-19 އިންނެވެ.

މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނުނީ ސިޓީގެ އަލީ ހުޒާމްއާ ހުސައިން ޔޫސުފްގެ އިތުރުން ސިފައިންގެ ޓީމުގެ އާދަމް ނަސީމް، ހުސައިން ޝާހިދު އަދި ވެމްކޯގެ އާދަމް ފައިރޫޒް އާއި ގުޑީސްގެ ހުސައިން ނިލާމްއެވެ. މުބާރާތުގެ އެންމެ މޮޅު ލިބަރޯއަކަށް ހޮވުނީ ޕޮލިސް ކްލަބުގެ މުހައްމަދު ނައީމްއެވެ. އެންމެ އުންމީދީ ކުޅުންތެރިއަކަށް ހޮވުނީ އެޓީމުގެ މާއިޝް އަހުމަދުއެވެ.

މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ ވެމްކޯގެ އިސްމާއިލް ސާޖިދު (ކުޑަ ކާޓޭ) އެވެ. އެންމެ މޮޅު ކޯޗަކީ ސިޓީގެ ހުސައިން ޝަރީފު (ނަލަ) އެވެ. އެންމެ މޮޅު ބިދޭސީ ކުޅުންތެރިއަކަށް ހޮވުނީ ސިޓީގެ ވިނިތު ކުމާރްއެވެ.

- ކޮމެންޓް