ކ. މާލެ
|
24 ޖޫން 2022 | ހުކުރު 05:56
މޯލްޑިވްސް ޗެސް އެސޯސިއޭޝަންގެ ރައީސް ހުސައިން ޝިޔާން
މޯލްޑިވްސް ޗެސް އެސޯސިއޭޝަންގެ ރައީސް ހުސައިން ޝިޔާން
ރާއްޖެއެމްވީ
ވެސްޓަރން އޭޝިއަން ޖޫނިއަރ ޗެސް ޗެމްޕިއަންޝިޕް
މިއީ ދެކެމުންއައި ވަރަށް ބޮޑު ހުވަފެނެއް: ޝިޔާން
މިއީ ރާއްޖޭގައި ބޭއްވުނު ފުރަތަމަ އިންޓަރނޭޝަނަލް ޗެސް މުބާރާތް
މިއީ އެސޯސިއޭޝަނަށް ލިބުނު ބޮޑު ކުރިއެރުމެއް

ވެސްޓަރން އޭޝިއަން ޖޫނިއަރ ޗެސް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމަކީ ދެކެމުން އައި ވަރަށް ބޮޑު ހުވަފެނެއްގެ ގޮތުގައި މޯލްޑިވްސް ޗެސް އެސޯސިއޭޝަންގެ ރައީސް ހުސައިން ޝިޔާން ފާހަގަކުރައްވައިފިއެވެ.

މުބާރާތް ނިންމުމުގެ ރަސްމިއްޔާތަށްފަހު ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޝިޔާން ވިދާޅުވީ ބައިނަލްއަގްވާމީ ޗެސް މުބާރާތެއް ރާއްޖޭގައި ބޭއްވުމަކީ އެސޯސިއޭޝަނުން ދެކެމުން އައި ވަރަށް ބޮޑު ހުވަފެނެއް ކަމަށެވެ. އަދި މިވަރުގެ ބޮޑު މުބާރާތެއް ރާއްޖޭގައި ބޭއްވުމަކީ އެސޯސިއޭޝަނަށް ލިބުނު ނުހަނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ޝިޔާން ފާހަގަކުރެއްވިއެވެ.

މި މަހުގެ 15ން 22ށް އއ. އުކުޅަހުގައި ކުރިއަށް ގެންދިޔަ މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރާއްޖޭގެ ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހްލޫފްއެވެ.

މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ހަ އުމުރުފުރާއަކަށް ބަހާލައިގެންނެވެ. މި ޗެމްޕިއަންޝިޕްގައި ތިން ޓޯނަމެންޓެއް ކުރިއަށް ގެންދިއައެވެ. އެއީ ސްޓޭންޑާޑް ޗެސް ޓޯނަމެންޓް، ރެޕިޑް ޓޯނަމެންޓް އަދި ބީޗް ބްލިޓްޒްއެވެ. މީގެ ތެރެއިން ގިނަ ބައެއްްގެ ތަރުހީބު ހޯދީ ބީޗް ބްލިޓްޒްއެވެ. މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އުކުޅަހުގެ އަތިރިމަތީގައެވެ.

މުބާރާތުގައި ބީޗް ބްލިޓްޒްގެ ތެރެއިން - ރާއްޖެއެމްވީ

މިއީ ރާއްޖޭގައި ބޭއްވުނު ފުރަތަމަ އިންޓަރނޭޝަނަލް ޗެސް މުބާރާތެވެ. މި މުބާރާތާއެކު ރާއްޖެއަށް ގިނަ ގޮތްގޮތުން ކުރިއެރުން ލިބޭނެކަން ފާހަގަކުރައްވާ ޝިޔާން ވިދާޅުވީ މީގެ ސަބަބުން އިތުރު އިންޓަރނޭޝަނަލް މުބާރާތްތައް ރާއްޖޭގައި ބޭއްވުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.

- ކޮމެންޓް