ކ. މާލެ
|
21 ޖޫން 2022 | އަންގާރަ 08:44
ވޭލްސްގެ ކޯޗު ގިގްސް
ވޭލްސްގެ ކޯޗު ގިގްސް
ޓްވިޓަރ
ވޭލްސް ގައުމީ ޓީމު
ގިގްސް، ވޭލްސްގެ ކޯޗުކަން ދޫކޮށްލައިފި
ގިގްސް ވަނީ 64 އަހަރު ފަހުން ވޭލްސް ވޯލްޑް ކަޕަށް ކޮލިފައިކޮށްދީފައި

ވޭލްސްގެ ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމުގައި ހުރި ރަޔާން ގިގްސް އެ ޓީމުގެ ކޯޗުކަން ދޫކޮށްލައިފިއެވެ.

ވޭލްސްގެ ކޯޗުކަމަށް ގިގްސް ހަމަޖެއްސީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. އުމުރުން 48 އަހަރުގެ ގިގްސް ވަނީ މީގެ ކުރިން 2014 ވަނަ އަހަރު އޭނާގެ ކުރީގެ ކުލަބް މެންޗެސްޓަރ ޔުނައިޓެޑުގެ ވަގުތީ ކޯޗުކަމުގެ މަގާމާއި އެސިސްޓެންޓު ކޯޗުކަމުގެ މަގާމު އަދާކޮށްފައެވެ.

ގިގްސް ވަނީ ވޭލްސްއާއެކު މިއަހަރުގެ ފަހުކޮޅު ގަތަރުގައި އޮންނަ ވޯލްޑް ކަޕުން ވެސް ޖާގަ ހޯދާފައެވެ. ވޯލްޑް ކަޕްގެ ޖާގަ ވޭލްސްއިން ހޯދީ ޔޫކްރެއިން ބަލިކޮށްގެންނެވެ. މިއީ 64 އަހަރު ފަހުން ވޭލްސް ވޯލްޑް ކަޕަށް ކޮލިފައިވި ފަހަރެވެ. އެންމެ ފަހުން ވޭލްސް ވޯލްޑް ކަޕް ކުޅެފައިވަނީ 1958 ވަނަ އަހަރުއެވެ.

ވޭލްސްގެ ކޯޗުކަން ދޫކޮށްލިކަން ހާމަކޮށް ގިގްސް ބުނީ ވޭލްސްގައި އޭނާ ހުރި ކޯޗުކަމުގެ މަގާމުން ވަކިވާން ނިންމިކަމަށެވެ. އަދި ވޭލްސްގެ ގައުމީ ޓީމަށް އިރުޝާދު ދިނުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު އުފަލަކާއި، ފަޚުރެއްކަމަށެވެ.

- ކޮމެންޓް