ކ. މާލެ
|
20 ޖޫން 2022 | ހޯމަ 06:15
ކިމް ޖޮންގ އުން އަމިއްލަފުޅަށް ބޭސް ތައްޔާރު ކުރައްވަނީ
ކިމް ޖޮންގ އުން އަމިއްލަފުޅަށް ބޭސް ތައްޔާރު ކުރައްވަނީ
ސްކައި ނިއުސް
އުތުރު ކޮރެއާގައި ގޮތްނޭނގޭ ބައްޔެއް ފެތުރެނީ
އުތުރު ކޮރެއާގައި ގޮތް ނޭނގޭ ބައްޔެއް ފެތުރެނީ
 
އެ ޤައުމުގެ ލީޑަރު ކިމް ވަނީ ބަލި ޖެހިފައިވާ އާއިލާތަކަށް އަމިއްލަ ބޭހެއް ހަދިޔާ ކުރައްވާފައި

އުތުރު ކޮރެއާގައި "އިންޓެސްޓީން" ނުވަތަ ގޮހޮރަށް ޖެހޭ، ގޮތް ނޭނގޭ ބައްޔެއް ފެތުރެމުން އަންނަ ކަމަށް ބޭރުގެ މީޑިއާތަކުން ރިޕޯޓް ކޮށްފިއެވެ.

އުތުރު ކޮރެއާގެ ސްޓޭޓް މީޑިއާ، ކޭސީއެންއޭއާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި މިހާތަނަށް 800 އާއިލާއަކަށް ވަނީ މި ބަލި ޖެހިފައެވެ. އެ ބަލި މިހާރު ފެތުރެމުންދަނީ އެ ޤައުމުގެ ދެކުނު ވަންހައި ޕްރޮވިންސުގައެވެ.

އެ ޤައުމުގެ އޮފިޝަލުން ބުނާ ގޮތުގައި މި ބައްޔަކީ ކޮލެރާ ނުވަތަ ޓައިފޮއިޑަށްވެދާނެ ކަމަށެވެ. ނަމަވެސް އަދި އެ ބައްޔަކީ ކޮން ބައްޔެއްކަން ހޯދިފައެއް ނުވެއެވެ.

މީދިއާ ރިޕޯޓުތައް ބުނާ ގޮތުގައި ބައްޔަކީ ކޮބައިކަން ދެނެނުގަނެވުނު ނަމަވެސް އެ ޤައުމުގެ ލީޑަރު ކިމް ޖޮންގ އުން ވަނީ ބަލި ޖެހިފައިވާ އާއިލާތަކަށް ބޭސް ފޯރުކޮށްދީފައެވެ. މި ބޭހަކީ ކިމްގެ އާއިލާއިން ހަދާފައިވާ ބޭހެއް ކަމަށް ވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

އުތުރު ކޮރެއާގެ ސްޓޭޓް މީޑިއާއިން ބުނާ ގޮތުގައި ކިމް ބޭނުންފުޅުވަނީ މި ބަލި ޕެންޑަމިކް އަކަށް ބަދަލުވުމުގެ ކުރިން ހައްލެއް ހޯދާށެވެ. އެގޮތުން، ބަލި ކޮންޓްރޯލް ކުރުމަށް ހެލްތު ސްކްރީނިންގ ހެއްދުމާއި ޑިސްއިންފެކްޓް ކުރުމާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެ ޤައުމުން ގިނަ ކަންކަން ކުރިއަށްގެންދާ ކަމަށް އެ މީޑިއާއިން ވަނީ ބުނެފައެވެ.

މި ބަލި ފެތުރިއްޖެނަމަ އުތުރު ކޮރެއާއަށް އޮތް ބިރު ވަރަށް ބޮޑެވެ. އެ ޤައުމުގެ ހާލަތު މިހާރުވެސް އޮތީ ކޮވިޑާ ގުޅިގެން ވަރަށް ދަށްވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
40%
0%
0%
0%
60%
0%
ކޮމެންޓް