ކ. މާލެ
|
19 ޖޫން 2022 | އާދީއްތަ 14:47
ސްޕެއިންގެ ޖަންގައްޔެއްގައި ރޯވެފައި
ސްޕެއިންގެ ޖަންގައްޔެއްގައި ރޯވެފައި
ސޯޝަލްމީޑިއާ
މޫސުމީ ބަދަލުތައް
ޔޫރަޕުގައި ހޫނު މޫސުމުގެ ކުރީކޮޅު ޖަންގިލަތަކުގައި ރޯވުން އާންމުވެދާނެކަމުގެ ބިރު
ހަފްތާ ބަންދުގައި އެ ސަރަހައްދުގައި ހޫނުމިން ވަނީ ޕީކަށް އަރާފައި

ޔޫރަޕުގައި ހޫނު މޫސުމުގެ ކުރީކޮޅު ޖަންގަލިތަކުގައި ރޯވުންފަދަ ކަންކަން އާންމުވެދާނެ ކަމުގެ ބިރު ބޮޑުވެއްޖެއެވެ.

ސްޕެއިން، ފްރާންސް އަދި މި ނޫން ގައުމުތަކަށް ހުނު މޫސުން އައިސްފައިވާއިރު، މި ހަފްތާ ބަންދުގައި އެ ސަރަހައްދުގެ ހޫނުމިން ވަނީ ސައިންޓިސްޓުން އަންދާޒާކޮށްފައިވާ މިންވަރަށް ޕީކަށް އަރާފައެވެ. މިގޮތުން ފްރާންސްގެ ހުޅަނގު ދެކުނުގައި ހޮނިހިރު ދުވަހު ހޫނުމިން 42.9 ޑިގްރީ ސެލްސިއަސްއަށް އަރާފައިވާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ.

އެ ރީޖަންގެ ގިނަ ސަރަހައްދުތަކެއްގެ ހޫނު މިން ވަނީ 40 ޑިގްރީ ސެލްސިއަސައަށްވުރެ މައްޗަށް އަރާފައެވެ. މިއީ 1947 ވަނަ އަހަރުގެ ފަހުން އެ ސަރަހައްދުގައި ހޫނު މޫސުމުގައި މިހާ ބޮޑަށް ހޫނު ގަދަވި ފުރަތަމަ ފަހަރެވެ.

ޔޫރަޕުގައި އާދަޔާ ޚިލާފަށް ހޫނު ގަދަވަމުންދާތީ އެ ސަރަހައްދުގެ ގިނަ ގައުމުތަކުގައި ޖަންގަލިތަކުގައި ރޯވުންފަދަ ހާދިސާތައް ދަނީ ހިނގަމުންނެވެ. މިގޮތުން ސްޕެއިންއާއި ފްރާންސްގެ ޖަންގަލިތަކުގައި ރޯވެ، ބޮޑު ސަރަހައްދެއް ވަނީ އަނދާފައެވެ.

- ކޮމެންޓް