ކ. މާލެ
|
16 ޖޫން 2022 | ބުރާސްފަތި 17:57
ޑރ. އެންތަނީ ފައުޗީ
ޑރ. އެންތަނީ ފައުޗީ
ސްޓްރެއިޓް ޓައިމްސް
ޑރ. އެންތަނީ ފައުޗީ
ޑރ. އެންތަނީ ފައުޗީ ކޮވިޑަށް ޕޮޒިޓިވްވެއްޖެ
ފޮޒިޓިވްވިކަން އެނގިވަޑައިގަތީ ރެޕިޑް އެންޑިޖެން ޓެސްޓުން

އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ މެޑިކަލް އެޑްވައިސަރ ޑރ. އެންތަނީ ފައުޗީ ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

އެމެރިކާގެ ނޭޝަނަލް އިންސްޓްޓިއުޓް އޮފް އެލަރޖީ އެންޑް އިންފެކްޝަސް ޑިޒީޒްއިން ބުނީ ޑރ. ފައުޗީ ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު، އޭނާގެ ހަށިކޮޅުން އަލާމަތްތައް ފެންނަނީ ވަރަށް ކުޑަކޮށް ކަމަށެވެ.

ޑރ. ފައުޗީ ފޮޒިޓިވްވިކަން އެނގިވަޑައިގަތީ ރެޕިޑް އެންޑިޖެން ޓެސްޓުންނެވެ. ޑރ. ފައުޗީ ވެކްސިންގެ ހުރިހާ ޑޯޒެއް ޖައްސަވާފައިވާކަމަށާއި، ދެފަހަރަށް ބޫސްޓަރ ޑޯޒްވެސް ޖެއްސެވިކަމަށް ނޭޝަނަލް އިންސްޓްޓިއުޓް އޮފް އެލަރޖީ އެންޑް އިންފެކްޝަސް ޑިޒީޒްއިން ވަނީ ބުނެފައެވެ.

ކޮވިޑުގެ ހާލަތު އެމެރިކާގައި އެންމެ ގޯސްވެގެން ދިޔައިރުވެސް މިކަމުގެ މައުލޫމާތު އާންމު ރައްޔިތުންނަށް ގާތުން ފޯރުކޮށްދެއްވަމުން ގެންދެވީ ޑރ. ފައުޗީއެވެ.

ކޮވިޑް-19އަކީ ޗައިނާގެ ލެބޯޓްރީއަކުން ލީކުވެފައިވާ ވައިރަސް އެއްތޯ ދެނެގަތުމަށް ބޭނުންވާ އެންމެ މުހިންމު އެއް މައުލޫމާތުކަމުގައިވާ ވުހާންގެ ލެބޯޓްރީގައި މަސައްކަތްކުރަމުންދިޔަ ނުވަ މީހުންގެ މެޑިކަލް ރިކޯޑްސް ހާމަކުރުމަށް ވެސް ޑރ. ފައުޗީ ވަނީ މީގެކުރިން ގޮވާލައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް