ކ. މާލެ
|
15 ޖޫން 2022 | ބުދަ 02:39
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު
އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު
ޝުއައިބް މުހައްމަދު އިގްބާލް
ސީޔާސީ ޕާޓީތަކަށް ދައުލަތުން ފައިސާ ދޫކުރުން
މެމްބަރުންގެ އަދަދަށް ބަލާފައި ފައިސާ ދޭން ވިސްނުމެއް ނެތް، ފޯމިއުލާ ބަދަލުވާން ޖެހޭ: އީސީ
މެމްބަރުންގެ އަދަދަށް ބަލައި ފައިސާ ދިނުމަކީ އިންސާފުވެރިގޮތެއް ނޫންކަމަށް ގިނަ ބަޔަކު ދެކޭ ކަމަށް ހަބީބު ވިދާޅުވި

މެމްބަރުންގެ އަދަދަށް ބަލާފައި ސިޔާސީ ޕާޓީތަކަށް ފައިސާ ދޫކުރުމުގެ ވިސްނުމެއް އިލެކްޝަންސް ކޮމިޝަނުން ނުގެންގުޅޭ ކަމަށް އެ ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަ ސުރުޚީގައި ވާހަކަދައްކަވަމުން ހަބީބު ވިދާޅުވީ އެ ކޮމިޝަނުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ސިޔާސީ ޕާޓީތަކުގައި ރަޖިސްޓްރީވެފައިވަނީ ރާއްޖޭގެ އާބާދީގެ ތިން ބައި ކުޅަ އެއްބައި މީހުންނަށް ވުރެ މަދު ބައެއް ކަމަށެވެ. އެހެންކަމުން، ރައްޔިތުންގެ ފައިސާއިން އެ ޕާޓީތަކަށް ޚަރަދު ކުރުން ގިނަ ބަޔަކު ބޭނުން ނުވާނެ ކަމަށާއި އެ ފޯމިއުލާ ބަދަލު ކުރަން ޖެހޭ ކަމަށް ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ މިއީ 2006 ވަނަ އަހަރު އުފެދިފައިވާ ގަވާއިދެއް ކަމަށްވުމުން އެއަށް ބަދަލު ގެނައުން މުހިންމު ކަމަށެވެ. ބަދަލާއެކު ކަންކަން ހައްލު ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިއީ 2006 އެއް ހިސާބު އުފެދުނު ކަމަކަށްވެފަ ބަދަލުތަކެއް ގެންނަން ޖެހޭ ހިސާބުގަ މިއޮތީ. 16 ވަރަކަށް އަހަރުވާއިރު ބަދަލުތަކެއް އަންނަން އެބަޖެހޭ. ބަދަލު އައިމަ އަޅުގަނޑަށް ހީވަނީ ރަނގަޅުވާނެހެން
އީސީގެ ނައިބު ރައީސް އިސްމާއިލް ހަބީބު

ހަބީބު އިތުރަށް ވިދާޅުވީ ދުނިޔޭގެ އެއްވެސް ޤައުމެއްގައި ސިޔާސީ ޕާޓީއެއްގެ މެމްބަރުންގެ އަދަދަށް ބަލާފައި ފައިސާ ނުދޭނެ ކަމަށާއި ފައިސާ ދެނީ އެ ޕާޓީއެއްގެ ކާމިޔާބީއަށް ބެލުމަށް ފަހު ކަމަށެވެ. އަދި ރާއްޖޭގައި މެމްބަރުންގެ އަދަދަށް ފައިސާ ދޭތީ މެމްބަރުން އިތުރު ކުރުމަށް ޕާޓީތަކުން މަސައްކަތް ކުރާ ކަަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޤާނޫނުގައި ބުނެފައިވާ ގޮތުގައި ސިޔާސީ ޕާޓުތަކުގެ ތެރެއިން 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށް މެމްބަރުންގެ އަދަދަށް ބަލައި ދައުލަތުން ފައިސާ ދޭން ޖެހެއެވެ.

ޤާނޫނަށް ބަދަލު ގެނައުމާއެކު ޕާޓީތަކަށް ދައުލަތުން ފައިސާ ނުދޭނަމަ އީސީއިން ޕާޓީތަކުގެ ދަފްތަރު ބެލެހެއްޓުމުގެ ބޭނުމެއް ނޯންނާނެ ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެ ހާލަތުގައި ދަފްތަރު ބަލަހައްޓާނީ އެޕާޓީއެއް އަމިއްލައަށެވެ.


Advertisement
- ކޮމެންޓް