ކ. މާލެ
|
11 ޖޫން 2022 | ހޮނިހިރު 08:55
ޕޮލިސް ޓީމުގެ ކޯޗު މުހައްމަދު ނަދީމް، ނަދީމްބެ
ޕޮލިސް ޓީމުގެ ކޯޗު މުހައްމަދު ނަދީމް، ނަދީމްބެ
ރާއްޖެ އެމްވީ
އެސޯސިއޭޝަން ކަޕް 2022
ފުރަތަމަ ސެޓަށްފަހު ކުޅުންތެރިންގެ ކުޅުން ވަރަށް ބޮޑަށް ދަށްވި: ނަދީމްބެ
ޕޮލިސް ޓީމަށް ގެނެވުނު ބޭރު ކުޅުންތެރިޔާގެ ކުޅުުން ދިވެހި ކުޅުންތެރިޔަކަށްވުރެވެސް ދަށް
ފުރަތަމަ ސެޓުގައި ރަނގަޅު ފައިޓެއް ދެވުނު

އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގެ ފައިނަލް މެޗުގެ ފުރަތަމަ ސެޓަށްފަހު، ކުޅުންތެރިންގެ ކުޅުން ވަރަށް ބޮޑަށް ދަށްވި ކަމަށް ޕޮލިސް ކުލަބުގެ ކޯޗު މުހައްމަދު ނަދީމް (ނަދީމްބެ) ބުނެފިއެވެ.

ފައިނަލަށްފަހު ނަދީމްބެ ބުނީ ފުރަތަމަ ސެޓުގައި ކުޅުންތެރިންގެ ކުޅުން ރަނގަޅު ކަމަށެވެ. ފުރަތަމަ ސެޓުގައި ރަނގަޅު ފައިޓެއް ދެވުނުކަމަށާއި، ނަމަވެސް އެ ސެޓު ގެއްލުނު ހިސާބުން ކުޅުންތެރިންގެ ކުޅުން ދައްވިކަން ފާހަގަކުރެވުނު ކަމަށެވެ. ކުޅުންތެރިންނަށް ދާންވާ ޕޮޒިޝަންއަށް ނުދެވުނު ކަން ކޯޗު ފާހަގަކުރިއެވެ. މީގެ އިތުރުން ނަދީމްބެ ބުނީ ކުޅިވަރުގައި އޮންނާނީ މޮޅުވުމާއި ބަލިވުން ކަމަށެވެ.

އެހެންނަމަވެސް ކުޅިވަރަކީ މިކަހަލަ އެއްޗެއް. އަޅުގަނޑުމެން އަބަދުވެސް ގަބޫލުކުރަން ޖެހޭނެ މޮޅުވާ ބަޔަކާ ދައްވާ ބަޔަކާވެސް ތިބޭނެ. މިރޭ އަޅުގަނޑުމެން ދަށްވި ޓީމުގެ ގޮތުގައި މި ހިމެނުނީ. އެހެންނަމަވެސް، އަޅުގަނޑުމެން ހިތްވަރު އެލުވައެއް ނުލާނަން. އިންޝާﷲ، ހަމަ ކުޅުންތެރިން ވެސް ހިތްވަރު އެލުވައެއް ނުލާނެ. ކުރިއަށް އޮތް ތާނގަ ހަމަ މަސައްކަތްކުރާނީ އަޒުމެއް ކަނޑައަޅައިގެން. އިންޝާﷲ ކުރިއަށް އޮތް ތަނުގައި އިތުރަށް ރަނގަޅުކުރެވޭތޯ މަސައްކަތްކުރާނަން.
މުހައްމަދު ނަދީމް / ޕޮލިސް ކުލަބުގެ ކޯޗު

މީގެ އިތުރުން ނަދީމްބެ ބުނީ މެޗަކުން ބަލިވީމަ އެއްވެސް ކަހަލަ ސަބަބެއް ދައްކަން ބޭނުންނުވާކަމަށެވެ. ނަދީމްބެ ބުނީ މިފަހަރު ޕޮލިސް ޓީމަށް ގެނެވުނު ބިދޭސީ ކުޅުންތެރިޔާގެ ކުޅުުން ދިވެހި ކުޅުންތެރިޔަކަށްވުރެވެސް ދަށްކަމަށެވެ. އެއާ ހިލާފަށް ވެމްކޯ ޓީމުގެ ބިދޭސީ ކުޅުންތެރިޔާ މުޅި ޓީމުގެ 80 ޕަސެންޓު ކުޅޭކަމަށް ނަދީމްބެ ބުންޏެވެ. އަދި ނަދީމްބެ ބުނީ މިއީ ޕޮލިސް ޓީމުގެ ސެޓަރު ހައިފާ އިމާދު ބޮޑު މުބާރާތެއްގައި ކުޅުނު ފުރަތަމަ ފަހަރުކަމަށެވެ. އެހެންކަމުން އޭނާގެ ތަޖުރިބާ މަދު ވާނެކަމަށެވެ. ނަމަވެސް، ވެމްކޯގެ ސެޓަރު ޖޫޒާން އަކީ ރާއްޖޭގެ އެންމެ މޮޅު ސެޓަރުކަމަށާއި، ގިނަ ދުވަސްވަންދެން ކުޅުމުގައި އުޅުމުން އެ އެޑްވާންޓޭޖް ވެމްކޯއަަށް އޮތް ކަމަށެވެ. ނަދީމްބެ ބުނީ ވެމްކޯގެ މުޅި ޓީމު ވަރަށް ރަނގަޅަށް ކުޅުނުކަމާއި، އެ ޓީމަށް މަރުހަބާ ކިޔާކަމަށެވެ.

ނަދީމްބެ ވަނީ ޕޮލިސް ޓީމުގެ ކުޅުންތެރިން ކުރި ހިތްވަރާއި، އެ ޓީމުގެ އޮފިޝަލުން އަދި ސަޕޯޓަރުންގެ އިތުރުން އެހީތެރިވެދިން ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. ނަދީމްބެ ބުނީ ހާޓްއެޓޭކަކަށްފަހު ހަތަރު ވަރަކަށް އަހަރު ކުޅިވަރާ ދުރުގައި ހުރުމަށްފަހު، އެނބުރި އައިސް ކުރެވުނު މަސައްކަތާ މެދު ހިތްހަމަޖެހޭކަމަށެވެ. ނަމަވެސް ތައްޓެއް ހޯދައި ނުދެވުނީތީ ދެރަވާކަމަށެވެ. ނަމަވެސް އުންމީދު އެލުވާނުލާނެކަމަށާއި، ގައުމީ މުބާރާތުގައި ޕޮލިސް ޓީމުގައި ހުރެވިއްޖެނަމަ، ކާމިޔާބު ހޯދަން މަސައްކަތްކުރާނެ ކަމަށެވެ.

ނަދީމްބެ ބުނީ ޓީމުގައި ހުންނަ ބިދޭސީ ކުޅުންތެރިޔާއަކީ 80 ނުވަތަ 90 ޕަސެންޓު ޓީމު ލީޑު ކުރާ ކުޅުންތެރިޔާއަށް ވާންޖެހޭނެ ކަމަށެވެ. އަދި ކުރިއަށް ހުރި މުބާރާތްތަކުގައި މިހާރު ހުރި ބިދޭސީ ކުޅުންތެރިޔާ ނުހުންނާނެކަމަށެވެ. އަދި ތަފާތު އެހެން ކުޅުންތެރިޔަކު ގެނެވޭތޯ ބަލާނެކަމަށެެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް