Advertisement
ކ. މާލެ
|
9 ޖޫން 2022 | ބުރާސްފަތި 14:59
ދިވެހިރާއްޖޭގެ ހައިކޯޓު
ދިވެހިރާއްޖޭގެ ހައިކޯޓު
ރާއްޖެއެމްވީ
ހައިކޯޓަށް ފަނޑިޔާރުން ހޯދުން
ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވީ 2 ބޭފުޅުން
ފަނޑިޔާރަކު ހޯދުމަށް އިއުލާނު ކޮށްފައިވަނީ ފަނޑިޔާރު ޢަލީ ސަމީރު އިސްތިއުފާ ދެއްވުމާއި ގުޅިގެން
ހައިކޯޓުގެ ފަނޑިޔާރެއްގެ އަސާސީ މުސާރައަކީ މަހަކު 36،000 ރުފިޔާ
ސުންގަޑި ހަމަވިއިރު އެ މަޤާމަށް ކުރިމަތިލައްވާފައިވަނީ 2 ބޭފުޅެއް

ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވީ 2 ބޭފުޅުންކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.

ފަނޑިޔާރުކަމަށް ކުރިމަތިލާ ފަރާތްތައް ނެގުމުގައި އަމަލުކުރާނީ "ދިވެހިރާއްޖޭގެ ކޯޓުތަކަށް ފަނޑިޔާރުން ޢައްޔަނުކުރުމުގައި ޢަމަލުކުރާނެ ގަވާއިދު" ގައިވާ ގޮތުގެ މަތިން ކަމަށް ޖޭއެސްސީން ބުނެއެވެ.

ޖޭއެސްސީން މައުލޫމާތު ދޭ ގޮތުގައި ސުންގަޑި ހަމަވިއިރު އެ މަޤާމަށް ކުރިމަތިލައްވާފައިވަނީ 2 ބޭފުޅެކެވެ. އެއީ ހ.ސޭންޑީބީޗް ހުޒައިފާ މުޙައްމަދުއާއި، އއ.ފެރިދޫ ސިޔާމާމަންޒިލް ޝުކުރުﷲ ޝަކީލްއެވެ.

Advertisement

ހައިކޯޓުގެ ފަނޑިޔާރެއްގެ އަސާސީ މުސާރައަކީ މަހަކު 36،000 ރުފިޔާއެވެ. އޭގެ އިތުރުން ލިވިންގ އެލަވަންސް ގޮތުގައި މަހަކު 15،000 ރުފިޔާ ލިބިވަޑައިގަންނަވާއިރު، ރިސްކް އެލަވަންސް ގޮތުގައި މަހަކު 3300 ރުފިޔާ އަދި މެޑިކަލް އެލަވަންސްއާއި ފޯނު އެލަވަންސްވެސް ލިބިވަޑައިގަންނަވައެވެ.

ހައިކޯޓަށް ފަނޑިޔާރަކު ހޯދުމަށް އިއުލާނުކޮށްފައިވަނީ ފަނޑިޔާރު ޢަލީ ސަމީރު މަޤާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އެގޮތުން  15 އަހަރަށްވުރެ ދިގު މުއްދަތެއްގައި ފަނޑިޔާރުކަމުގެ މަގާމުގައި ޚިދުމަތް ކުރެއްވުމަށްފަހު ފަނޑިޔާރު ޢަލީ ސަމީރު ވަނީ އޭޕްރީލް 17 ވަނަ ދުވަހުން ފެށިގެން ފަނޑިޔާރުކަމުގެ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް