ކ. މާލެ
|
8 ޖޫން 2022 | ބުދަ 17:48
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް
ރައީސް އޮފީސް
އަންނަ އިންތިޚާބުގައި ރައީސް ސޯލިހް ވާދަކުރައްވާނެ
ކޯލިޝަން ބައިވެރިންނާއެކު އަޅުގަނޑަށް އިންތިޚާބު ކާމިޔާބު ކުރެވޭނެ: ރައީސް
ރައީސް ވިދާޅުވީ ކޯލިޝަނަކާއެކު ވާދަކޮށްފިނަމަ ކާމިޔާބުވާނެކަމުގެ ޔަގީންކަން ދެއްވާކަމަށް
އެއް ޕާޓީއަކަށް އެކަނި އިންތިޚާބު ކާމިޔާބު ނުކުރެވޭނެކަމަށް ރައީސް ވިދާޅުވި
ރައީސް ވިދާޅުވީ އިންތިޚާބު ކާމިޔާބުކުރަން ބޭނުންވާނަމަ އެމަނިކުފާނަކީ "ޗޮއިސް"އެއް ކަމަށް

އަންނަ އަހަރުގެ އިންތިޚާބުގަ މިހާރުގެ ކޯލިޝަންގެ ބައިވެރިންނާ ގުޅިގެން ވާދަ ކުރައްވައިގެން ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އަންނަ އަހަރު އެންމެ މުހިންމު ކަމަކީ އެމްޑީޕީއަށް ވެރިކަން ލިބުން ކަމަށެވެ. އަދި މިއީ ރާއްޖެއަށް ވެސް މިވަގުތު އެންމެ ފައިދާހުރި ގޮތް ކަމަށާއި، އެއީ މިހާރު ފެށިފައި ހުރި މަޝްރޫއުތައް ކުރިއަށްގެންދިއުމަށް މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އެނގޭ އެއް ކަމަކީ އެކަނި ޕާޓީއެއް ނިކުމުގެން ކާމިޔާބު ނުކުރެވޭނެ ކަން ކަމަށެވެ. އެގޮތުން، ވެރިކަމަށް އަންނަންވާނީ ރައްޔިތުންގެ 50 އިންސައްތަ ވޯޓާއެކު ކަމަށާއި 30 އިންސައްތައާއެކު ވެރިކަމަށް އައުމަށް ތައީދު ނުކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ކޯލިޝަނަކާއެކީގައި އެމްޑީޕީ އިސްވެ އޮވެ އެމަނިކުފާނަށް ކާމިޔާބު ކުރެއްވޭނެ ކަމުގެ ޔަގީންކަން ވެސް ރައީސް ވަނީ އެމްޑީޕީއަށް ދެއްވާފައެވެ.

އެމްޑީޕީ އިސްވެ އޮވެ، ބަޔަކާ އެކީގައި 2023 އަޅުގަނޑަށް ކާމިޔާބު ކުރެވޭނެ. އެމްޑީޕީ އެކަނި ނުކުމެ އެކަމެއް ނުވާނެ، ޕާޓީގެ ކޮންގްރެސް އިން ނިންމާނީ ކެނޑިޑޭޓަކު. އަޅުގަނޑު ދަންނަވާނީ އަޅުގަނޑަށް ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ވާހަކަ. އެމްޑީޕީއަށް ވެރިކަން ބޭނުން ކަމަށްވިއްޔާ އަޅުގަނޑު މިހިރީ ޗޮއިސްއަކަށް،
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު

ރައީސް އިތުރަށް ވިދާޅުވީ، ޕާޓީގެ ކެންޑިޑޭޓް ކަނޑައަޅާނީ ޕާޓިގެ ކޮންގްރެސް އިން ކަމަށާއި ގަވާއިދުގައި ޕްރައިމަރީއެއް ބާއްވަން އޮންނަ ނަމަ ކަންތައް އެގޮތަށް ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ޕްރައިމަރީއެއް ބޭއްވުމަކީ ޑިމޮކްރަސީގެ ރީތި އުސޫލެއް ކަމަށް ވެސް ރައީސް ފާހަގަކުރެއްވިއެެވެ.

2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ވެސް އެފަހަރުގެ އެމްޑީޕީ ކެންޑިޑޭޓް (ރައިސް)އިބްރާހީމް މުޙައްމަދު ޞާލިޙް އަށް ކާމިޔާބު ކުރެއްވުނީ އެމްޑިޕީ އިސްވެއޮވެ އެކި ޕާޓީތައް ގުޅިގެން ނިކުމެވަޑައިގެންނެވެ. މީގެ ތެރޭގައި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ ތައީދު އެމަނިކުފާނަށް ލިބިވަޑައިގެންނެވިއެވެ.

- ކޮމެންޓް