ކ. މާލެ
|
7 ޖޫން 2022 | އަންގާރަ 18:20
ކެންސަރ ފަރުވާ - ގޮހޮރުގެ ކެންސަރުގެ އެކްސްރޭއެއް
ކެންސަރ ފަރުވާ - ގޮހޮރުގެ ކެންސަރުގެ އެކްސްރޭއެއް
mail online
ކެންސަރުގެ ފަރުވާ
ކެންސަރަށް ދެވުނު ފަރުވާއަކުން ޑޮކްޓަރުން ހައިރާންވާފަދަ ނަތީޖާއެއް
 
ފަރުވާ ދެވުނު 18 މީހުންވެސް ވަނީ އެއްކޮށް ރަނގަޅުވެފައި

އެމެރިކާގައި، "ކޮލޮރެކްޓަލް" ނުވަތަ ފަލަގޮހޮރާއި ފުރަގަސްފަރާތަށް ޖެހޭ ކެންސަރަށް ފަރުވާ ހޯދަމުންދިޔަ ބަޔަކަށް، ކްލިނިކަލް ޓެސްޓެއްގައި ދެވުނު ބޭހެއްގެ ސަބަބުން އެ އެންމެންގެ ކެންސަރު ފިލާފައިވާކަން ފެނި، ޑޮކްޓަރުން ހައިރާންވެއްޖެއެވެ. މިއީ ކެންސަރަށް ހޯދުނު ފަރުވާޔަކަށް ވެދާނެކަމަށާއި، ނަމަވެސް ކްލިނިކަލް ޓްރަޔަލް ނުވަތަ ޓެސްޓްގައި ބައިވެރިކުރެވުނު މީހުން މަދުކަމުން އެފަދަ ގޮތަކަށް އަދި ކަނޑައެޅެން ނެތްކަމަށް ދިރާސާކުރި ފަރާތްތަކުންބުނެފައިވެއެވެ. ޑޮކްޓަރުން މިހާރު ގެންދަނީ ޓްރަޔަލް ފުޅާކޮށް ގެސްޓްރިކް ނިޒާމް، ޕްރޮސްޓޭޓް ގްލޭންޑް އަދި ޕެންކްރިއަސް ފަދަ ގުނަންތަކަށް ޖެހޭ ކެންސަރަށްވެސް މި ބޭސް ބޭނުންކޮށްގެން ފަރުވާ ދޭންފަށާފައެވެ.

ދުނިޔޭގައި އެންމެ މަޝްހޫރު އެއް ކެންސަރ ސެންޓަރ ކަމަށްވާ ނިއުޔޯކްގެ މެމޯރިއަލް ސްލޯން ކެޓަރިންގ ކެންސަރ ސެންޓަރުގެ ކަމާބެހޭ ޑޮކްޓަރުން "ކޮލޮރެކްޓަލް" ކެންސަރަށް ފަރުވާކުރުމަށް ބޭނުންކޮށްފައިވާ ބޭހަކީ "ޑޮސްޓާލިމާބް"އެވެ. މި ބޭހަކީ ބައެއް ބާވަތްތަކުގެ ކެންސަރަށް ފަރުވާކުރުމަށް އިނގިރޭސި ވިލާތުގައި މިހާރުވެސް ހުއްދަކޮށްފައިވާ ބޭހެކެވެ. 18 ބަލިމީހުންނަށް މިބޭސް ދީގެން ޓެސްޓްކޮށް ނިމުނުތާ އެއްއަހަރުފަހުން ހެދި ޓެސްޓް ތަކުންވެސް އެމީހުންގެ ހަށިގަނޑުން ކެންސަރުގެ އަސަރު އެއްވެސް ވަރަކަށް ފެނިފައިނުވާކަމަށް ޑޮކްޓަރުން ބުނެފައިވެއެވެ.

މި ދިރާސާގައި އިސްކޮން ހުންނެވި ޑޮކްޓަރ ލުއިސް ޑިއަރޒް ވިދާޅުވީ މިއީ ކެންސަރުގެ ތާރީޚުގައިވެސް މިފަދަ ނަތީޖާއެއް ފެނުނު ފުރަތަމަ ފަހަރު ކަމަށް ގަބޫލުކުރައްވާކަމަށެވެ. ވައިޓްހައުސްގެ ނެޝަނަލް ކެންސަރ އެޑްވައިޒަރީ ބޯޑުގެ ވެސް މެމްބަރެއްކަމަށްވާ ޑޮކްޓަރ ޑިއަރޒް ނިއުޔޯކް ޓައިމްސްއަށް ވިދާޅުވީ، މިއީ ކެންސަރުގެ ފަރުވާގެ ފެށުންކަމަށެވެ.

އިނގިރޭސި ވިލާތުގައި އަހަރަކު 43،000 މީހުންނަށް އަދި އެމެރިކާގައި އަހަރަކު 150،000 މީހުންނަށް "ކޮލޮރެކްޓަލް" ކެންސަރު ޖެހޭކަމަށް ވެއެވެ. އަދި މިބަލީގައި އިނގިރޭސި ވިލާތުން އަހަރަކު 17،000 މީހުން އަދި އެމެރިކާގައި އަހަރަކު 53،000 މީހުން މަރުވާކަމަށްވެއެވެ.

ޓްރަޔަލްގައި ބައިވެރި ކުރެވުނު 18 މީހުންނަކީވެސް ކުރިން ކެންސަރަށް އެކިފަރުވާ ހޯދަމުން އައި މީހުންނެވެ. މިގޮތުން ކީމޯތެރަޕީއާއި އަދި ނުރައްކާތެރި ސަރޖަރީތައްވެސް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
9%
42%
4%
4%
7%
33%
ކޮމެންޓް
9 ޖޫން 2022 | ބުރާސްފަތި 05:24
ޙައްވާ އިސްމާޢީލް
ماشاءالله