ކ. މާލެ
|
7 ޖޫން 2022 | އަންގާރަ 08:34
އިކާޑީ
އިކާޑީ
ޓްވީޓަރ
މައުރޯ އިކާޑީ
އަހަރެންގެ ކެރިއަރު އޮތީ ނުރައްކަލެއްގައެއް ނޫން: އިކާޑީ
އެއްބަސްވުމުގައި ބާކީ ދެ އަހަރު އެބަ އޮތް
ޕީއެސްޖީއާއެކު ދާއިމީ އެއްބަސްވުމެއް ހެދީ 2020 ވަނަ އަހަރު

އޭނާގެ ކެރިއަރު އޮތީ ނުރައްކަލެއްގަ ނޫން ކަމަށް ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)އަށް ކުޅެމުން އަންނަ ސްޓްރައިކަރ މައުރޯ އިކާޑީ ބުނެފިއެވެ.

އުމުރުން 29 އަހަރުގެ އިކާޑީ ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ ދެ އަހަރު އެބައޮތެވެ. ނަމަވެސް، ޕީއެސްޖީގައި އޭނާއަށް އެކަށީގެންވާ ފުރުސަތެއް ނުލިބޭތީ އޭނާ ކުލަބް ދޫކޮށްލަން އުޅޭކަމަށް ބައެއް މީޑިއާތަކުގައި ރިޕޯޓުކުރިއެވެ. އެކަމާ ގުޅިގެން އިކާޑީ ބުނީ ޕީއެސްޖީއާއެކު އޭނާ ހަދާފައިވާ އެއްބަސްވުމުގައި އަދި ދެ އަހަރު އެބަ އޮތް ކަމަށެވެ. އަދި އޭނާ މީޑިއާތަކުގައި ރިޕޯޓުކުރި ނަމަވެސް، އޭނާގެ ކެރިއަރު އޮތީ ނުރައްކަލެއްގައި ނޫންކަމަށެވެ. އަދި އޭނާ ޕީއެސްޖީގައި މަޑުކުރާނެކަމަށެވެ.

މީގެ އިތުރުން އިކާޑީ ބުނީ އޭނާގެ އުމުރުން އަދި 29 އަހަރުކަމަށެވެ. އަދި ގާތް ގަނޑަކަށް 200 އެއްހާ ލަނޑު ޖަހާފައިވުމުން މީހުންނަށް އޭނާއަކީ ކާކުކަން އިނގޭނެކަމަށް ވެސް އިކާޑީ ބުންޏެވެ. އިކާޑީ އެންމެ ފުރަތަމަ ޕީއެސްޖީއަށް ކުޅުނީ 2019 ވަނަ އަހަރު ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އޭގެ އެއް އަހަރު ފަހުން 2020 ވަނަ އަހަރު އޭނާ ވަނީ ޕީއެސްޖީއާއެކު ދާއިމީ އެއްބަސްވުމެއް ހަދާފައެވެ. އޭނާ ވަނީ ޕީއެސްޖީއަށް ކުޅެދިން 92 މެޗުގައި 38 ލަނޑު ޖަހާފައެވެ. އޭނާ ވަނީ ޕީއެސްޖީއާއެކު ހަ ތައްޓެއް ހޯދާފައެވެ.

- ކޮމެންޓް