ކ. މާލެ
|
6 ޖޫން 2022 | ހޯމަ 12:34
2019 ވަނަ އަހަރު ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގެ ތެރެއިން
2019 ވަނަ އަހަރު ބޭއްވި އެފްއޭއެމްގެ ކޮންގްރެސްގެ ތެރެއިން
އެފްއޭއެމް
ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
އެފްއޭއެމްގެ ކުއްލި ކޮންގްރެސެއް މިއަދު ބާއްވަނީ
ކޮންގްރެސް ބާއްވާކަން މީޑިއާތަކަށް އެންގީ މިއަދު މެންދުރު 12 ޖަހަން އުޅެނިކޮށް

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުއްލި ކޮންގްރެސެއް މިއަަދު ބާއްވަން ނިންމައިފިއެވެ.

އެފްއޭއެމުން ބުނި ގޮތުގައި އެ އެސޯސިއޭޝަންގެ ކޮންގްރެސް ބާއްވަނީ މިއަދު ހަވީރުއެވެ. ކޮންގްރެސް ބާއްވަން ހަމަޖެހިފައި އޮތީ ހ.މީރުމާގައެވެ. ކޮންގްރެސް އޮންނަކަން އެފްއޭއެމުން މީޑިއާތަކަށް އަންގާފައިވަނީ މިއަދު 12 ޖަހަން އުޅެނިކޮށެވެ. ކޮންގްރެސްގައި ކުރިއަށް ދާނެ ކަންކަމުގެ މައުލޫމާތެއް އެފްއޭއެމުން ހާމަކޮށްފައެއް ނުވެއެވެ.

ބެލެވޭ ގޮތުގައި މިއަދުގެ ކޮންގްރެސްގައި ވިކްޓްރީ ސްޕޯޓްސް ކުލަބުގެ ސަސްޕެންޝަން އުވާލާނެއެވެ. ދާދި ފަހުން ވިކްޓްރީން ވަނީ އެ ކުލަބަށް ކުޅެފައިވާ ދިވެހި ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިންނަށް ދޭންޖެހޭ މުސާރަ ދިނުމަށްޓަކައި އެފައިސާ އެފްއޭއެމްއާ ހަވާލުކޮށްފައެވެ. އަދި އެ ފައިސާ މިހާރު ކުޅުންތެރިންނަށް ދެމުންދާކަމަށް ވިކްޓްރީއިން ވަނީ ބުނެފައެވެ.

- ކޮމެންޓް