ކ. މާލެ
|
5 ޖޫން 2022 | އާދީއްތަ 21:52
ގިރިފުށި ބަނދަރު ސަރަހައްދު
ގިރިފުށި ބަނދަރު ސަރަހައްދު
އެމްޓީސީސީ
ގިރިފުށީ ބަނދަރު ތަރައްގީކޮށް ނިމިއްޖެ
ގިރިފުށި ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ނިންމާލައިފި
އެމްޓީސީސީއާ މި މަސައްކަތް ހަވާލު ކުރީ 18.3 މިލިއަން ރުފިޔާއަށް

ކ. ގިރިފުށި ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.

ސަރުކާރުން މި މަޝްރޫއުގެ މަސައްކަތް ހަވާލު ކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާއެވެ. އެ ކުންފުންޏާ މި މަސައްކަތް ހަވާލު ކުރީ 18.3 މިލިއަން ރުފިޔާއަށެެވެ.

މި މަޝްރޫއުގެ ދަށުން އެމްޓީސީސީއިން ވަނީ އެންވަޔަރަމަންޓަލް އިމްޕެކްޓް އެސެސްމަންޓް ހަދައި، ބޭރު ތޮށި ލުމާއި ނެރު ބޭރު ތޮށިލުމުގެ މަސައްކަތް ކޮށްފައެވެ.

ފާއިތުވި 3 އަހަރުގެ ތެރޭގައި އެމްޓީސީސީން ވަނީ ރާއްޖޭގެ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއްގެ މަސައްކަތް ފަށާފައެވެ. މީގެ ތެރެއިން ގިނަ މަޝްރޫތަކުގެ މަސައްްކަތްތައް އެ ކުންފުނިން މިހާރުވަނީ ނިންމާލާފައެވެ.

އެމްޓީސީސީން ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫއުތަކުގެ ތެރޭގައި ބަނދަރު ތަރައްގީ ކުރުމާއި ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމާއި މަގު ހެދުން ފަދަ ބޮޑެތި މަޝްރޫއުތައް ހިމެނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް