ކ. މާލެ
|
5 ޖޫން 2022 | އާދީއްތަ 15:59
ބަޔާންގެ ރައީސް ހާބަރޓް
ބަޔާންގެ ރައީސް ހާބަރޓް
ރޮއިޓާސް
ލެވަންޑޯސްކީ ބަޔާން ދޫކޮށްލަން ނިންމުން
ބަޔާން ރައީސްގެ ހިތްހަމަ ނުޖެހުން ލެވަންޑޯސްކީއަށް
 
ލެވަންޑޯސްކީ ހުރި މަގާމުގައި އޭނާ ހުރިނަމަ، އެގޮތަށް ކަންތައް ނުކުރާނަން
 
ލެވަންޑޯސްކީ ޕަބްލިކްގައި ވާހަކަ ދައްކާތީ ހައިރާންވޭ

ކުލަބް ދޫކޮށްލަން ބޭނުންވާ ކަމަށް ބުނެ ރޮބާޓް ލެވަންޑޯސްކީ އާންމުތަންތަނުގައި ވާހަކަ ދައްކާތީ ބަޔާން މިއުނިކްގެ ރައީސް ހާބރޓް ހައިނާ ހިތްހަމަ ނުޖެހިއްޖެއެވެ.

ލެވަންޑޯސްކީ އަންނަނީ ބަޔާންގައި ހުންނަން ބޭނުންނުވާ ކަމަށް ތަކުރާރުކޮށް ބުނަމުންނެވެ. އޭނާ ބަޔާންއާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އަދި އެއް އަހަރު އެބަ އޮތެވެ. ބަޔާން ދޫކޮށްލުމާ ގުޅޭ ގޮތުން މީގެ ކުރިން ލެވަންޑޯސްކީ ބުނެފައިވަނީ ބަޔާނާއެކު އޭނާ ހޭދަކުރަން އޮތް ދުވަސްތައް ނިމިއްޖެކަމަށެވެ. އަދި އިތުރަށް އޭނާ ބަޔާންގައި ހުންނާނެ އެއްވެސް ފުރުސަތެއް އޮތްތަން ނުފެންނަކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ބަޔާންއަކީ ވަރަށް ސީރިއަސް ކުލަބެއް ކަމަށެވެ. އަދި އޭނާ ހުންނަން ބޭނުންނުވާއިރު، ބަޔާނުން އޭނާ ބަހައްޓަން މަސައްކަތް ކުރާނެކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. އަދި އެންމެ ރަނގަޅު ގޮތަކީ ޓްރާންސްފަރއެއް ކަމަށެވެ.

ނަމަވެސް ބަޔާނުން އޭނާ ދޫކޮށްލާކަށް ބޭނުމެއް ނުވެއެވެ. ބަޔާނުން ބުނަނީ ލެވަންޑޯސްކީ ބަޔާނާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އެބަ އޮތް ކަމަށެވެ. މިކަމާ ގުޅިގެން ބަޔާންގެ ރައީސް ބުނީ ބަޔާންއާއެކު ލެވަންޑޯސްކީ ހަދާފައިވާ އެއްބަސްވުމުގައި ބާކީ އަދި އެއް އަހަރު އޮތްކަން އަބަދު ވެސް ބުނަމުން އަންނަކަމަށެވެ. އަދި އެއްބަސްވުމަކީ އެއްބަސްވުމެއް ކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން އޭނާ ބުނީ ކުލަބަކުން ކުޅުންތެރިޔަކާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ކުރިން ކުޅުންތެރިޔާ ޓީމު ދޫކޮށްލާއިރު، ކުލަބުން އޭނާއަށް މުސާރަ ދޭންޖެހޭ ކަމަށެވެ. އަދި އެއީ ރަނގަޅު ގޮތެއް ނޫން ކަމަށް ވެސް އޭނާ ބުންޏެވެ.

ހާބަރޓް ބުނީ ލެވަންޑޯސްކީ ޕަބްލިކްގައި ވާހަކަ ދައްކާތީ އޭނާ ހައިރާންވާ ކަމަށެވެ. އަދި ލެވަންޑޯސްކީ ހުރި މަގާމުގައި އޭނާ ހުރިނަމަ، އެގޮތަށް ކަންތައް ނުކުރާނެ ކަމަށެވެ. އޭނާ ބުނީ ލެވަންޑޯސްކީ ބަޔާނާއެކު ގިނަ ދުވަސްތަކެއް ހޭދަކުރިކަމަށާއި، ގިނަ ތަށި ތަކެއް ހޯދައިފިކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ބަޔާންގައި ލެވަންޑޯސްކީއަށް ހުރި ކަންކަމާއި، ބަޔާންއަކީ ކުޅުންތެރިންނާމެދު ރަނގަޅަށް ކަންތައް ކުރާ ކުލަބެއްކަން ލެވަންޑޯސްކީއަށް ވަރަށް ރަނގަޅަށް އިނގޭނެ ކަމަށެވެ.

މީގެ އިތުރުން ހާބާޓް ބުނީ ބަޔާންގައި ފައިސާގެ އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އޭނާ ބުނީ ބަޔާންގައި މޮޅެތި ކުޅުންތެރިން ތިބެން އެދޭކަމަށާއި، ލެވަންޑޯސްކީއަކީ އޭގެއިން ކުޅުންތެރިއެއް ކަމަށެވެ. އަދި އަންނަ ސީޒަނުގައި ވެސް ލެވަންޑޯސްކީ ހުންނާނީ ބަޔާނުގައި ކަމަށް އުންމީދު ކުރާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
100%
0%
0%
ކޮމެންޓް