ކ. މާލެ
|
4 ޖޫން 2022 | ހޮނިހިރު 11:46
ޓެވެޒް
ޓެވެޒް
ޓްވީޓަރ
ޓެވެޓް ރިޓަޔާވުން
އުމުރުން 38 އަހަރުގައި ޓެވެޒް ރިޓަޔަރކޮށްފި
 
ގިނަ ކުލަބުތަކަށް ކުޅެ، ކާމިޔާބީ ހޯދާފައިވޭ
 
ފުޓުބޯޅައިން ރިޓަޔަރކުރިއިރު، އުމުރުން 38 އަހަރު

އުމުުރުން 38 އަހަރުގައި ކާލޮސް ޓެވެޒް ފުޓުބޯޅައިން ރިޓަޔަރކޮށްފިއެވެ.

ބޮކާ ޖޫނިއަރސްއިން 2001 ވަނަ އަހަރު ސީނިއަރ ކެރިއަރު ފެށި ޓެވެޒް ވަނީ ގިނަ ކުލަބުތަކަށް ކުޅެފައެވެ. އޭގެ ތެރޭގައި ޕްރިމިއަރ ލީގުގެ ވެސްޓް ހޭމް ޔުނައިޓެޑް، މެންޗެސްޓަރ ޔުނައިޓެޑް، މެންޗެސްޓަރ ސިޓީ އަދި އިޓާލިއަން ލީގުގެ ޔުވެންޓަސް ހިމެނެއެވެ. މީގެ އިތުުރުން ޓެވެޒް ވަނީ ޗައިނީސް ސުޕަރ ލީގުގައިވެސް ކުޅެފައެވެ.

ޓެވެޒް ވަނީ މި ޓީމުތަކާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ޔުނައިޓެޑާއެކު އިނގިރޭސި ޕްރިމިއަރ ލީގު ދެ ފަހަރު، ކަރަބޯ ކަޕް، އެފްއޭ ކޮމިއުނިޓީ ޝީލްޑް، ޔުއެފާ ޗެމްޕިއަންސް ލީގު އަދި ފީފާ ކުލަބް ވޯލްޑް ކަޕް އެއްފަހަރު ހޯދުން ހިމެނެއެވެ. ޓެވެޓް ވަނީ ސިޓީއާއެކު އިނގިރޭސި ޕްރިމިއަރ ލީގާއި އެފްއޭ ކަޕްގެ އިތުރުން އެފްއޭ ކޮމިއުނިޓީ ޝީލްޑް އެއް ފަހަރު ހޯދާފައެވެ. މީގެ އިތުރުން ޓެވެޒް ވަނީ އިޓާލިއަން ލީގުގެ ޔުވެންޓަސްއާއެކު އިޓާލިއަން ލީގު، އިޓާލިއަން ކަޕް އަދި އިޓާލިއަން ސުޕަރ ކަޕް އެއްފަހަރު ހޯދާފައެވެ.

ޓެވެޒް ވަނީ 2004 ވަނަ އަހަރު ފެށިގެން 2015 ވަނަ އަހަރާ ހަމައަށް، އާޖެންޓީނާގެ ސީނިއަރ ޓީމަށް ކުޅެފައެވެ. އޭނާ ވަނީ ގައުމީ ޓީމަށް 76 މެޗު ކުޅެދީ 13 ލަނޑު ޖަހާފައެވެ. ފުޓުބޯޅައިން ރިޓަޔަރކުރިއިރު، ޓެވެޒް އެންމެ ފަހުން ކުޅުނީ ބޮކަރ ޖޫނިއަރސްއަށެވެ.

ފުޓުބޯޅައިން ރިޓަޔަރވާން ނިންމައި ޓެވެޒް ބުނީ، އޭނާއަށް ރަނގަޅު އޮފާތަކެއް ލިބުނުކަމަށެވެ. ނަމަވެސް މި ބަދަލަކީ އޭނާގެ އާއިލާއަށްޓަކައި ގެނައި ބަދަލެއް ކަމަށެވެ. މީގެ އިތުރުން ޓެވެޒް ބުނީ އޭނާ އޭނާގެ އާއިލާއާއެކު އުފާކޮށް ވަގުތު ހޭދަކުރާކަމަށެވެ. އަދި ގިނަ ވަގުތުތަކެެއް ބޭކާރުކުރެވިއްޖެ ކަމަށާއި، މިހާރު އޭނާ ރިޓަޔަރކުރީކަމަށެވެ. މީގެ އިތުރުން ޓެވެޒް ބުނީ ފުޓުބޯޅަ ކުޅުން ހުއްޓާލީ އޭނާގެ އެއްނަންބަރު ސަޕޯޓަރު ގެއްލުމުން ކަމަށެވެ. އޭނާގެ އުމުރުން 8 އަހަރުން ފެށިގެން އޭނާ ދެކެމުން އައި މީހަކީ އެއީ ކަމަށް ޓެވެޒް ބުންޏެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
100%
0%
0%
0%
0%
0%
ކޮމެންޓް