ކ. މާލެ
|
3 ޖޫން 2022 | ހުކުރު 22:30
ނައިބު ރައީސް ރަސަލް ހޮބްސް ބްރޭންޑް ތައާޜަފު ކޮށްދެއްވަނީ
ނައިބު ރައީސް ރަސަލް ހޮބްސް ބްރޭންޑް ތައާޜަފު ކޮށްދެއްވަނީ
އެސްޓީއޯ
އެސްޓީއޯއިން އާ ބްރޭންޑެއް ތައާރަފުކޮށްފި
އެސްޓީއޯއިން "ރަސަލް ހޮބްސް" ބްރޭންޑް ރާއްޖެއަށް ތައާރަފު ކޮށްފި
މިއީ އިނގިރޭސި ވިލާތުގެ ބްރޭންޑެއް
އެ ބްރޭންޑުގެ ގިނަ އަދަދެއްގެ ގޭތެރެއަށް ބޭނުންވާ ސާމާނާއި ބަދިގެ ސާމާނު ލިބެން ހުންނާނެ
އެސްޓީއޯއިން ރަސަލް ހޮބްސްގެ އުފެއްދުންތައް ގަތުމުން 10 އިންސައްތައިގެ ޑިސްކައުންޓެއް ލިބޭނެ

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން އިނގިރޭސިވިލާތުގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "ރަސަލް ހޮބްސް" ރާއްޖެއަށް ތައާރަފު ކޮށްފިއެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ ފުޑް އެންޑް ބެވަރެޖް ޝޯގެ ތެރެއިން މި ބްރޭންޑް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ. އެމަނިކުފާނު މި ބްރޭންޑް އިފްތިތާހު ކޮށްދެއްވީ ހުކުރު ދުވަހުގެ ރޭ އެ ޝޯއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.

ރަސަލް ހޮބްސް އަކީ ގެއާއި ބަދިގޭގައި ބޭނުންކުރާ ސާމާނުތައް އުފެއްދުމުގައި 70 އަހަރުގެ ތަޖުރިބާ ލިބިފައިވާ އިނގިރޭސިވިލާތުގެ ބްރޭންޑްއެކެވެ. އެ ކުންފުންޏަކީ ފުރަތަމަ ފަހަރަށް ކަރަންޓު ކުރައެއް އުފެއްދި ކުންފުންޏެވެ.

ރަސަލް ހޮބްސްގެ އުފެއްދުންތައް އާއްމުންގެ މެދުގައި މަގުބޫލުވެފައި ވަނީ އެ ބްރޭންޑުގެ އުފެއްދުންތަކުގެ ޑިޒައިންތައް ތަފާތުވެފައި ރީތިވުމުގެ ސަބަބުންނެވެ.

އެ ބްރޭންޑުގެ ދަށުން އުފައްދާ ތަކެތީގެ ތެރޭގައި ރައިސް ކުކަރއާއި ސްލޯ ކުކަރ އާއި ސްޓީމަރ އާއި ގްރިލް އާއި އެއާ ފްރަޔަރ އާއި އަވަނާއި ބްލެންޑަރ އާއި ކުރައާއި ޓޯސްޓަރާއި ސޭންޑްވިޗް މޭކަރ އާއި ކޮފީ މޭކަރ އަދި އިސްތިރި ހިމެނެއެވެ.

އެސްޓީއޯއަކީ ރާއްޖޭގައި ރަސަލް ހޮބްސްގެ އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރ އެވެ. އެ ކުންފުނިން ގަންނަ މި ބްރޭންޑުގެ ތަކެއްޗާއެކު 1 އަހަރު ދުވަހުގެ ވޮރެންޓީ ލިބޭއިރު 10 ޖޫން 2022 ގެ ނިޔަލަށް އެ ބްރޭންޑުގެ އުފެއްދުންތަކުން 10 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބޭނެއެވެ.

- ކޮމެންޓް