ކ. މާލެ
|
2 ޖޫން 2022 | ބުރާސްފަތި 18:36
ޔޫތު ޗެމްޕިއަންޝިޕްގައި ޓީސީއާއި މާޒިޔާ ވާދަކުރި މެޗުގެ ތެރެއިން
ޔޫތު ޗެމްޕިއަންޝިޕްގައި ޓީސީއާއި މާޒިޔާ ވާދަކުރި މެޗުގެ ތެރެއިން
އެފްއޭއެމް
ޔޫތު ޗެމްޕިއަންޝިޕް
16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ފެށުން ޓީސީއަށް
 
ހުކުރު ދުވަހު ކުޅޭނީ ގްރޫޕް ބީގެ ދެ މެޗު

16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް ޓީސީން ބޮޑު މޮޅަކުން ފަށައިފިއެވެ.

ޓީސީން މުބާރާތުގެ ފުރަތަމަ މެޗު ކާމިޔާބުކުރީ މާޒިޔާއާ ވާދަކޮށް 5-2ންނެވެ. މެޗުގައި ޓީސީގެ ފަސް ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ މުހައްމަދު ޖުލާން ޝަފީއުއެވެ, ޓީސީއަށް ދެން ލަނޑު ޖަހައިފިނީ މުހައްމަދު އައިލަމް އަބްދުﷲ, ޔޫސުފް އައިޝް މުހައްމަދު، އަދި މުހައްމަދު މާކިން އިބްރާހީމެވެ. ޓީސީގެ ދެ ލަނޑު ޖެހީ އަބްދުﷲ ރިޒާން މުހައްމަދާއި, އަލީ އުމްރާން އުމަރެވެ. މެޗުގެ މޮޅު ކުޅުންތެރިއަކީ ޓީސީއަށް ދެ ލަނޑު ޖަހައިދިން ޖުލާންއެވެ.

މުބާރާތުގައި ބުރާސްފަތި ދުވަހުގެ ރޭ ވާދަކުރާނީ ސަސްއާއި ޔުނައިޓެޑް ވިކްޓްރީއެވެ. މިދެމެޗަކީވެސް ގްރޫޕް އޭގެ ދެމެޗެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
0%
0%
0%
0%
100%
ކޮމެންޓް