ކ. މާލެ
|
2 ޖޫން 2022 | ބުރާސްފަތި 07:53
ލޯގޯ އިފްތިތާޙުކުރުމަށް ރޭ ބޭއްވި ހަފްލާގެ ތެރެއިން
ލޯގޯ އިފްތިތާޙުކުރުމަށް ރޭ ބޭއްވި ހަފްލާގެ ތެރެއިން
ވީއޭއެމް
ވީއޭއެމް ވޮލީބޯލް ސީޒަން
ވީއޭއެމް ވޮލީބޯލް ސީޒަންގެ ލޯގޯ އިފްތިތާޙުކޮށްފި
 
ލޯގޯ އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހުމޫރިއްޔާގެ ނައިބު ފައިސަލް ނަސީމް

ވޮލީބޯލް އެސޯސިއޭޝަނުން މިއަހަރަށް ބޭއްވުމަށް ހަމަޖެހިފައިވާ މުބާރާތްތަކުގެ ލޯގޯ އިފްތިތާހުކޮށްފިއެވެ.

މިލޯގޯ އިފްތިތާހުކޮށްދެއްވީ އެކަމަށްޓަކައި ރޭ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)ގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު "ވީއޭއެމް ސީޒަން ޑްރާފްޓް"ގައި ރައީސުލްޖުމްހުމޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ. ވީއޭއެމުން އިފްތިތާހުކުރި ލޯގޯގައި ތިން މުބާރާތުގެ ލޯގޯ ހިމެނެއެވެ. އެއީ އެސޯސިއޭޝަން ކަޕާއި، ޤައުމީ ލީގު އަދި ޤައުމީ މުބާރާތެވެ. އެސޯސިއޭޝަން ކަޕުގައި ހަ ކުލަބަކުން ވާދަކުރާނެއެވެ. އަދި މި ހަ ކުލަބް ގައުމީ ލީގުގައި ވެސް ވާދަކުރާނެއެވެ. ގައުމީ މުބާރާތުން ޖާގަ ލިބޭނީ ގައުމީ ލީގުގެ ގަދަ ހަތަރު ޓީމަކަށެވެ.

މިފަހަރުގެ ވޮލީ ސީޒަނުގައި ވާދަ ކުރާ ހަ ކުލަބަކީ ދިވެހި ސިފައިންގެ ކުލަބް، ޕޮލިސް ކުލަބް، ކުލަބް ވެމްކޯ، ސްޕޯޓްސް ކުލަބް ސިޓީ، ގުޑީސް ސްޕޯޓްސް ކުލަބް އަދި އޮފު އެފްސީއެވެ. މީގެ ތެރެއިން ވެމްކޯ އަދި އޮފު އެފްސީއަކީ ޕްރެލިމިނަރީ ބުރުގައި ވާދަކޮށް، އެސޯސިއޭޝަން ކަޕަށް ކޮލިފައިވި ދެ ކުލަބެވެ.

ބޮޑު ބަދަލަކާއެކު މި އަހަރުގެ ވޮލީ ސީޒަން ފަށާއިރު، މިއީ މިފަދަ ބޮޑު ގޮތަކަށް ވޮލީ ސީޒަނެއް ބާއްވާ ފުރަތަމަ ފަހަރެވެ. މި ފަހަރުގެ ސީޒަނުގައި ކޮންމެ ޓީމަކަށް ބިދޭސީ ތިން ކުޅުންތެރިން ކުޅޭނެއެވެ. އެ ކުޅުންތެރިންނަކީ އިންޑިއާގެ ޓޮޕް ޑިވިޝަނުން އެކުލަވާލި 18 ކުޅުންތެރިންގެ ޕޫލެކެވެ. ޓީމުތަކަަށް ކުޅުންތެރިން ބެހުމުގެ އިވެންޓު ވެސް ރޭ ވަނީ ކުރިއަށް ގެންގޮސްފައެވެ. އަދި ރޭ ވަނީ އެސޯސިއޭޝަން ކަޕްގެ ގުރު ނެގުން ވެސް ކުރިއަށް ގެންގޮސްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް