ކ. މާލެ
|
30 މެއި 2022 | ހޯމަ 20:59
ރޮބަރޓް ލެވަންޑޯސްކީ
ރޮބަރޓް ލެވަންޑޯސްކީ
ޓްވިޓަރ
ލެވަންޑޯސްކީގެ ކުރިމަގު
ބަޔާނުން އަހަރެން ނުހުއްޓުވާނެކަމަށް އުންމީދުކުރަން: ލެވަންޑޯސްކީ
ބާސާއިން ވަނީ ލެވަންޑޯސްކީއާއެކު އަނގަބަހުން އެއްބަސްވުމަކަށް އައިސްފައި
ބަޔާނުގައި އިތުރަށް މަޑުކުރަން ލެވަންޑޯސްކީ ބޭނުމެއްނުވޭ
ބަޔާނުން އޭނާ ހުއްޓުވަން މަސައްކަތް ނުކުރާނެކަމަށް ލެވަންޑޯސްކީ އުންމީދުކުރޭ

ޖަރުމަނުގެ ބަޔާން މިއުނިކާއެކު އިތުރަށް ކުރިއަށްދާން ބޭނުންނުވާކަމަށާއި، ބަޔާނުން އޭނާ ހުއްޓުވަން ނޫޅޭނެކަމަށް އުންމީދުކުރާކަމަށް, އެ ޓީމަށް ކުޅެމުން އަންނަ އިތުބާރު ފޯވާރޑް ރޮބަރޓް ލެވަންޑޯސްކީ ބުނެފިއެވެ.

މިސީޒަނަށްފަހު ލެވަންޑޯސްކީ ބޭނުންވަނީ ބަޔާން ދޫކޮށްލާށެވެ. ނަމަވެސް އޭނާ އެ ކުލަބާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އެބަ އޮތެވެ. އެއްބަސްވުމުގެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ބަޔާން ދޫކޮށްލުމާ ގުޅޭގޮތުން ލެވަންޑޯސްކީ ބުނީ، ބަޔާނާއެކު އޭނާ ހޭދަކުރަން އޮތް ދުވަސްތައް ނިމުނީކަމަށެވެ. އަދި އިތުރަށް އޭނާ ބަޔާންގައި ހުންނާނެ އެއްވެސް ފުރުސަތެއް އޮތްތަން ނުފެންނަކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ބަޔާންއަކީ ވަރަށް ސީރިއަސް ކުލަބެއް ކަމަށެވެ. އަދި އޭނާ ހުންނަން ބޭނުންނުވާއިރު، ބަޔާނުން އޭނާ ބަހައްޓަން މަސައްކަތް ކުރާނެކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ. އެންމެ ރަނގަޅު ގޮތަކީ ޓްރާންސްފަރއެއް ކަމަށާއި، ބަޔާނުން އޭނާ ނުހުއްޓުވާނެކަމަށް އުންމީދުކުރާކަމަށެވެ.

މީގެ އިތުރުން ލެވަންޑޯސްކީ ބުނީ، އޭނާ އުންމީދުކުރާ ގޮތުގައި އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮތް ނަމަވެސް، އެއީ ސަބަބެއް ކަމަށް ބަަލައި ބަޔާނުން އޭނާ ހުއްޓުވަން ނޫޅޭނެ ކަމަށެވެ. އަދި އިންޓަރނޭޝަނަލް ބްރޭކަށްފަހު ފަހަރުގައި އެކަމާގުޅޭ މައުލޫމާތު ދެވިދާނެކަމަށެވެ.

ބަޔާން ދޫކޮށްލަން ލެވަންޑޯސްކީ ނިންމާފައިވާއިރު، އޭނާ ހޯދުމުގެ މަސައްކަތް ސްޕެއިންގެ ބާސެލޯނާއިން ކުރަމުން އަންނަކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ. މީގެ އިތުރުން ކުޅިވަރު ނޫސްވެރިޔާ ފެބްރީޒިއޯ ރޮމާނޯ ބުނިގޮތުގައި، ބާސާއިން މިހާރު ވަނީ ލެވަންޑޯސްކީއާއެކު އަނގަބަހުން އެއްބަސްވުމަށް އައިސްފައެވެ. ރޮމާނޯ ބުނީ ބާސާއިން ހުށަހަޅާފައިވަނީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްކަމަށެވެ. އަދި މިހާރު ބާސާއިން އިންތިޒާކުރަނީ ބަޔާންގެ ޖަވާބަކަށްކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް