Advertisement
ކ. މާލެ
|
30 މެއި 2022 | ހޯމަ 18:00
އެމްއެންޑީއެފުން އަލިފާން ނިއްވުމުގައި ހަރަކާތްތެރިވަނީ
އެމްއެންޑީއެފުން އަލިފާން ނިއްވުމުގައި ހަރަކާތްތެރިވަނީ
އެމްއެންޑީއެފް
ފުވައްމުލަކުގައި ތެޔޮ ޓޭންކެއްގައި ރޯވުން
ފުވައްމުލަކުގައި ތެޔޮ ޓޭންކެއްގައި ރޯވެ، މީހަކު ފިހިއްޖެ
މި ހާދިސާގައި އަނިޔާލިބުނީ ބަންގްލަދޭޝް ރައްޔިތަކަށް
އަލިފާން ރޯވީ ގޭސް ކަޓަރެއް ބޭނުންކޮށްގެން މަސައްކަތް ކުރަނިކޮށް

ފުވައްމުލަކުގައި ތެޔޮ ޓޭންކެއްގައި ރޯވެ ހިނގި އަލިފާނުގެ ހާދިސާއެއްގައި މީހަކު ފިހިއްޖެއެވެ.

މޯޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ން ބުނި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ގޭސް ކަޓަރެއް ބޭނުން ކޮށްގެން ޓޭންކުގެ މަސައްކަތެއް ކުރަން އުޅުމުގެ ތެރޭގައެވެ. އަލިފާން ރޯވެފައިވަނީ ފުވައްމުލަކު ދޫޑިގަން އަވަށޫގައި އޮތް "ދަ ހޯކްސް ފިއުލް"ގެ ތެޔޮ ޓޭންކެއްގައި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

Advertisement

އެމްއެންޑީއެފުން ބުނީ މި ހާދިސާގައި އަނިޔާވެފައިވަނީ އެ މަސައްކަތުގައި އުޅުނު ބަންގްލަދޭޝް ރައްޔިތަކަށް ކަމަށެވެ. އެ މީހާގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބެއެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފަށް ލިބުނީ ހޯމަ ދުވަހުގެ މެންދުރު 3:06 ހާއިރުއެވެ. އަލިފާން ނިއްވުމުގައި ހަރަކާތްތެރިވީ އެމްއެންޑީއެފްގެ ސަދަން އޭރިއާ ފުވައްމުލަކު ފަޔަރ ސްޓޭޝަންގެ ސިފައިންނާއި ފުވައްމުލަކު އެއަރޕޯޓްގެ ފަޔަރމަނުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް