ކ. މާލެ
|
29 މެއި 2022 | އާދީއްތަ 19:19
އަލްޖީރިއާގެ ސަގާފީ މަސްކެއްކުން
އަލްޖީރިއާގެ ސަގާފީ މަސްކެއްކުން
ރޮއިޓާރސް
އަލްޖީރިއާގެ ސަގާފީ މަސްކެއްކުން
އަލްޖީރިއާގެ ސަގާފީ މަރްދޫމާ މަސްކެއްކުމަށް 13 ގަޑިއިރަށްވުރެ ގިނައިރު
މިއީ މަރްދޫމާ ނަމަކަށް ކިޔާ މަހެއް
މަރްދޫމާ މަހުގައި ޚާއްސަ ސޯހެއް ހާކާ
މިއީ އާންމުގޮތެއްގައި އީދާ ދިމާކޮށް ކައްކާ އެއްޗެއް

އަލްޖީރިއާގެ ރެސްޓޯރެންޓެއްގައި މީޓް ކެއްކުމަށް ގާތްގަޑަކަށް 14 ގަޑިއިރު ހޭދަވެއެވެ. އެ ރެސްޓޯރެންޓުގެ ވެރިޔާ އަމަރް ހަލީމީ ބުނީ، އެކި ސަރަހައްދުތަކުން މީހުން މަރްދޫމާ ނަމަކަށް ކިޔާ މި މަސް ކެއުމަށް އަންނަ ކަމަށެވެ. އަދި އެކަމަށް އޭނާ ފަޚްރުވެރިވާ ކަމަށެވެ.

އަލްޖީރިއާގެ ހުރިހާ ސްޓޭޓަކުން މަރްދޫމާ ކާން މީހުން އާދޭ. އެ މީހުންނަށް ވަރަށް ކަމުދޭ. އަހަރުމެން ވަރަށް ފަޚްރުވެރިވޭ އެހެންވެ.
އަމަރް ހަލީމީ

ހަލީމީ އޭނާގެ ބަދިގޭގައި ވަޅެއް ހެދުމަށްފަހު، މަސްތައް އެތަނުގައި ބަހައްޓައެވެ. އަދި ބަހައްޓަނީ ބޯޓުދެލިން ހޫނުކޮށްފައި ހުންނަ ގާބުރިތަކުގައެވެ. އަދި އެގޮތަށް ބަހައްޓާއިރު ޚާއްސަ ސޯހެއް ބޭނުންކުރާކަމަށް އޭނާ ވަނީ ބުނެފައެވެ.

މި މަސް ވަރަށް މަޑުވާނެ. އެހާ ހިތްކެއްނުވާނެ. ރަހަ ބަލާލީމަ އެންމެނަށް ވެސް ތަފާތު އިހްސާސްވާނެ.
އަމަރް ހަލީމީ

މި މަސް އާންމު ގޮތެއްގައި ކައްކަނީ އީދާ ދިމާކޮށެވެ. އަދި އޭގެ އެއް ތަށީގެ އަގަކީ 3000 އަލްޖީރިއަން ދީނާރު ނުވަތަ 21 ޑޮލަރެވެ. އޭގައި ހިމެނެނީ 900 ގްރާމް މަހެވެ. ގާތްގަނޑަކަށް ހަތަރު މީހުންނަށް 900 ގްރާމް މަހުން ކެވޭނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް