ކ. މާލެ
|
13 މާރޗް 2022 | އާދީއްތަ 11:37
އަލްޖީރިއާގައި ބޯޓު ބަނުމުގެ މަސައްކަތް ކުރާ ޗައުޗޭގެ ކުންފުނިން ބަންނަ ބޯޓުތައް ހުންނަ ސަރަހައްދުގައި ހުރެގެން މީޑިއާއަށް އިންޓަވިއު ދެނީ
އަލްޖީރިއާގައި ބޯޓު ބަނުމުގެ މަސައްކަތް ކުރާ ޗައުޗޭގެ ކުންފުނިން ބަންނަ ބޯޓުތައް ހުންނަ ސަރަހައްދުގައި ހުރެގެން މީޑިއާއަށް އިންޓަވިއު ދެނީ
ރޮއިޓާސް
އަލްޖީރިއާގައި ބޯޓު ބަންނަ މީހެއް
ބޭރުން ގަންނަ ބޯޓުފަހަރު އަގުބޮޑުވެގެން އެންމެ ފަހުން ފެށީ އަމިއްލައަށް ބޯޓު ބަންނަން
ބޭރުން ގެންނަ ބޯޓަށްވުރެ ބަންނަ ބޯޓުތައް އަގުހެޔޮވެފައި ކޮލަޓީ ވާނެ
އަލްޖީރިއާގެ އިގްތިސާދަށް މިކަމުން ރަނގަޅު ބަދަލެއް އަންނާނެ

އަލްޖީރިއާއަށް އުފަން 74 އަހަރުގެ އަލީ ޗައުޗޭގެ އަމާޒަކީ އިމްޕޯޓްކުރުން މަދުކޮށް، ބޭނުންވާ ވަރަށް ބޯޓު ބަނުމުގެ މަސައްކަތް ކުރުމެވެ. މިކަމަށްޓަކައި އަލްޖީރިއާގެ ވެރިރަށް އަލްޖީރުގެ އިރުމަތީގައި 50 ކިލޯމީޓަރު ދުރުގައި އޮންނަ ޒިމްމޯރި ބަނދަރު ސަރަހައްދުގައި ބޯޓު ބަންނާނެ ތަނެއް އޭނާ ވަނީ ހަދާފައެވެ.

ބޭރުން ގެންނަ ބޯޓުތަކާއި އެއް ފެންވަރެއްގައި ނަމަވެސް ވާދަކުރެވޭ ވަރުގެ އަގެއްގައި އެ މަސައްކަތް ފެށުމާއެކު، ޗައުޗޭ ވަނީ ލޯކަލް މާކެޓުގައި އޭނާއަށް އެފުރުސަތު ފަހިކޮށްދީފައެވެ.

"އަހަރެން ބޯޓު ގަތީ މި ކުންފުނިން. ކުރިން އަހަރެން އެ ބޯޓްތައް ގަންނަނީ ސްޕެއިނުން. އަދި އެކަމަށް ބޮޑު އަދަދަކުން ބޭރު ފައިސާ ހަރަދުކުރަންޖެހޭ. އެހެން ހުއްޓާ އަހަންނަށް މި ކުންފުނި މި ފެނުނީ. އެމީހުން އަހަރެން ބޭނުންވާ އެއްޗެއް އެބަ އުފައްދާ" ޗައުޗީގެ ކްލައިންޓެއް ކަމަށްވާ ސޮފިއާނެ މޮއުސްސައުވީ ބުންޏެވެ.

"މިތާ އަލްޖީރިއާގައި މިކަމަށްދާ ހަރަދު ކުޑަވޭ. އަދި އޭގެ ކޮލަޓީވެސް ވަރަށް ރަނގަޅު" މޮއުސްސައުވީ އޭނާގެ ވާހަކަ ކުރިއަށް ގެންދަމުން ބުނެލިއެވެ.

އަމިއްލަ ގައުމުގައި ތަނެއް ގާއިމްކޮށް ބޯޓު ބަނުމުގެ މަސައްކަތް ކުރަމުން އަންނަ ޗައުޗީގެ ބޯޓުތަކަށް އޮންނަ ޑީމާންޑާއެކު އޭނާގެ އަމާޒު މިހާރު ކުރީ ބޯޓު ބަނދެ އެކްސްޕޯޓް ކުރުމަށެވެ.

ގައުމުން ބޭރުން އަންނަ ކްލައަންޓަކަށް ވެސް ލިބޭނީ ރަނގަޅު ކޮލިޓީއާއި ރަނގަޅު އަގެއްގައި ތަކެތި. އެތަކެތި ލީބިޔާގެ މީހުންނަށާއި، މޮރިޓޭނިއާގެ މީހުންނަށް ވިއްކިދާނެ. ސަބަބަކީ އެމީހުން ބޯޓު ނުބަންނާތީ
އަލީ ޗައުޗޭގެ

ޗައުޗޭ ވަނީ މިހާތަނަށް 85 މީހަކު ވަޒީފާއަށް ނަގާފައެވެ. އަދި އޭނާގެ އުއްމީދަކީ ކުރިއަށް އޮތްތަނުގައި އިތުރު މުވައްޒަފުން ނެގުމެވެ.

ގޭހާއި ތެލުގެ ވިޔަފާރި ފުލާ ދާއިރާއެއްގައި ކުރަމުން އަންނަ އަލްޖީރިއާއިން 2014 ވަނަ އަހަރުން ފެށިގެން އަންނަނީ ހަކަތައިގެ ދާއިރާއިން ލިބޭ އާމްދަނީ އާއި ބޭރުކުރެވޭ މިންވަރު ދަށްވުމުގެ ސަބުން ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހިފައެވެ. އަދި އެގައުމުން ވަނީ އިގްތިސާދު އެހެން ދިމާލަކަށް ބަދަލުކުރުމަށް ކޮންމެވެސް ވަރެއްގެ މަސައްކަތްތަކެއް ކުރެވި ކުރި އެރުން ހޯދާފައެވެ.

އަލްޖީރިއާގައި ބޯޓު ބަނުމުގެ މަސައްކަތް ކުރާ ޗައުޗޭގެ ކުންފުނިން ބަންނަ ބޯޓުތަކުގެ ތެރެއިން ބޯޓެއް - ރޮއިޓާސް

އެގައުމުގެ ސަރުކާރުން ވަނީ ހަކަތައިގެ ދާއިރާގެ އާމްދަނީ ދަށްވުމާއި، ބަލިކަށިވެފައިވާ ޕްރައިވެޓް ސެކްޓަރަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ގެނައުމަށްޓަކައި ބޮޑެތި ބަދަލުތަކެއް ގެނައުމަށް ހުށަހަޅާފައެވެ.

ޗައުޗޭގެ ވިޔަފާރީގެ ސަބަބުން ވެސް އޭނާއަށް އަލްޖީރިއާގެ އިގްތިސާދު އެހެން ދިމާލަކަށް އަނބުރާލުމަށްޓަކައި ކުރެވޭ މަސައްކަތުގައި ރޯލެއް އަދާކުރެވެއެވެ. އަދި ބޯޓު ބަނދެ އެކްސްޕޯޓް ކުރެވެން ފެށުމާއެކު ގައުމަށް އާމްދަނީ ވަންނާނެ އިތުރުމަގެއް ފަހިވެގެންދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް