ކ. މާލެ
|
28 މެއި 2022 | ހޮނިހިރު 11:13
ހޮނިހިރު ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި މިނިސްޓަރ އަމީރު ބައިވެރިވެވަޑައިގަންނަވަނީ
ހޮނިހިރު ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި މިނިސްޓަރ އަމީރު ބައިވެރިވެވަޑައިގަންނަވަނީ
ރާއްޖެއެމްވީ
ވިޔަވަތި ރާއްޖެ ކޮންފަރެންސް
"ކައުންސިލުތަކަށް މާލީ ބާރުވެރިކަން ދިނުމަށް ސަރުކާރުން މުހިއްމުކަން ދޭ މިންވަރު އަދަދުތަކުން ފެންނާނެ"-އަމީރު
މި ސަރުކާރުން އަބަދުވެސް އިސްކަންދެނީ ރައްޔިތުންގެ އެއްބާރުލުމާއެކު މަސައްކަތް ކުރުމަށް
މީގެ ކުރިން ކައުންސިލްތަކަށް ދީފައިވާ ބަޖެޓު 500 މިލިއަނަށްވެސް ނާރާ
އިންސާނީ ވަސީލަތްތައް އިތުރު ކުރުމަށްވެސް މި ސަރުކާރުން ޚާއްސަ އިސްކަމެއްދޭ

ކައުންސިލުތަކަށް މާލީ ބާރުވެރިކަން ދިނުމަށް ސަރުކާރުން މުހިއްމުކަން ދޭ މިންވަރު އަދަދުތަކުން ފެންނާނެކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ، ސަރުކާރެއް އޮތުމުގެ ބޭނުމަކީ ރައްޔިތުން ބާރުވެރި ކުރުވުން ކަމަށެވެ. އެގޮތުން މިހާތަނަށް މި ސަރުކާރުން މަސައްކަތް ކޮށްފައިވާނީ ރައްޔިތުން ބާރުވެރި ކުރުވުމަށްކަމަށް އަމީރު ވިދާޅުވިއެވެ.

މިނިސްޓަރ އަމީރު ވިދާޅުވީ، މި ސަރުކާރުން އަބަދުވެސް އިސްކަންދެނީ ރައްޔިތުންގެ އެއްބާރުލުމާއެކު މަސައްކަތް ކުރުމަށް ކަމަށެވެ.

އޭގެ އިތުރުން، ކައުންސިލުތަކަށް މާލީ ބާރުވެރިކަން ދިނުމަށް މި ސަރުކާރުން މުހިއްމުކަން ދޭ މިންވަރު އަދަދުތަކުން ފެންނާނެކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އެގޮތުން މީގެ ކުރިން ކައުންސިލްތަކަށް ދީފައިވާ ބަޖެޓުގެ ޖުމުލަ 500 މިލިއަނަށްވެސް ނާރާކަން ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، ކޮވިޑުގެ މި ޙާލަތުގައި އާމްދަނީ އެންމެ ދަށްވެގެން ދިޔައިރުވެސް 1.6 ބިލިއަނެއްހާ ރުފިޔާ ކައުންސިލުތަކަށް ދޫކުރެވިފައިވާ ކަމަށެވެ.

މިނިސްޓަރ ވަނީ ކައުންސިލުތަކަށް އިންސާނީ ވަސީލަތްތައް އިތުރު ކުރުމަށްވެސް މި ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވާކަމަށް ވިދާޅުވެފައެވެ. އެގޮތުން މި މަސައްކަތުގައި ކުރިއާ މިހާރު އަޅާކިޔާއިރު ހާސް ތަފާތު ހުރިކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ވިޔަވަތި ރާއްޖެ ކޮންފަރެންސްގެ ޒަރިއްޔާއިން މި މަސައްކަތްތަކުގައި އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަން ފާހަގަ ކުރައްވާފައެވެ.

ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއެކު ބާއްވާ “ވިޔަވަތި ރާއްޖެ” ކޮންފަރެންސް ފަށާފައިވަނީ ހޮނިހިރު ދުވަހު އއ އުކުޅަހުގައެވެ.  މިކޮންފަރެންސަކީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އާއި ދައުލަތުގެ ވަޒީރުންނާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކައުންސިލްތަކާ ބައްދަލުކުރައްވައި މަޝްވަރާ ކުރުމަށް ބާއްވާ ކޮންފަރެންސެކެވެ.

- ކޮމެންޓް