ކ. މާލެ
|
28 މެއި 2022 | ހޮނިހިރު 08:35
ޔޫތު ނިއު ޖެނަރޭޝަންގެ ތިލިނީ ވަސަނާ
ޔޫތު ނިއު ޖެނަރޭޝަންގެ ތިލިނީ ވަސަނާ
ވީއޭއެމް
އެސޯސިއޭޝަން ކަޕް 2022
ކުލަބް ވޮލީބޯލްއާއި ޔޫތު ނިއު ޖެނަރޭޝަން މޮޅުވެއްޖެ
 
ވޮލީބޯލް ޔޫތު ނިއު ޖެނަރޭޝަނުން މޮޅުވީ ސީދާ ތިން ސެޓުން
 
ކުލަބް ވޮލީބޯލް މޮޅުވީ 3 ސެޓު 1 ސެޓުން

ވޮލީބޯލް އެސޯސިއޭޝަނުން ބާއްވާ އެސޯސިއޭޝަން ކަޕްގައި ކުލަބް ވޮލީބޯލް އާއި ވޮލީބޯލް ޔޫތު ނިއު ޖެނަރޭޝަން ރޭ ކުޅުނު މެޗުން މޮޅުވެއްޖެއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ކުލަބް ވޮލީބޯލް ނިކުތީ ހިންމަފުށި ވިކްޓޯރިއަސް ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. އެ މެޗުން ކުލަބް ވޮލީބޯލް މޮޅުވީ ތިން ސެޓު އެއް ސެޓުންނެވެ. މެޗުގެ ފުރަތަމަ ދެ ސެޓު 22-15 އަދި 23-25 ން ހޯދީ ކުލަބް ވޮލީބޯލްއެވެ. ފޯރިގަދަ ކުޅުމަކަށްފަހު ހިންމަފުށިން ވަނީ 25-27 ން ތިން ވަނަ ސެޓު ހޯދާފައެވެ. ގާތް ގާތުން ސެޓުތައް ދިޔަ މި މެޗުގެ ހަތަރު ވަނަ ސެޓު 22-25 ން ހޯދާ ކުލަބް ވޮލީބޯލް ވަނީ މެޗުން މޮޅުވެފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކުލަބް ވޮލީބޯލްގެ މަލްދާ މަސްއޫދެވެ.

ދެ ވަނަ މެޗުގައި ވޮލީބޯލް ޔޫތު ނިއު ޖެނަރޭޝަނުން ނިކުތީ ކުލަބް ހާފް ލިންކޭޖާ ދެކޮޅަށެވެ. ސީދާ ތިން ސެޓުން އެ މެޗު ކާމިޔާބުކުރީ ވޮލީބޯލް ޔޫތު ނިއު ޖެނަރޭޝަނުންނެވެ. މެޗުގެ ސެޓުތައް އެ ޓީމުން ހޯދީ 10-25، 14-25، އަދި 15-25 ންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވޮލީބޯލް ޔޫތު ނިއު ޖެނަރޭޝަންގެ ބިދޭސީ ކުޅުންތެރިޔާ ތިލިނީ ވަސަނާއެވެ.

މުބާރާތުގައި މިރޭ ކުލަބް ވެމްކޯ ނިކުންނާނީ ޔޫތު ނިއު ޖެނަރޭޝަނާ ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި ޕޮލިސް ކުލަބް ނިކުންނާނީ ދިވެހި ސިފައިންގެ ކުލަބާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް