ކ. މާލެ
|
28 މެއި 2022 | ހޮނިހިރު 07:30
އިރާނުގެ ގައުމީ ފިރިހެން ފުޓްބޯޅަ ޓީމު
އިރާނުގެ ގައުމީ ފިރިހެން ފުޓްބޯޅަ ޓީމު
ގެޓީ އިމޭޖަސް
ކެނަޑާ - އިރާން ރަހުމަތްތެރިކަމުގެ މެޗު
ކެނަޑާއިން މެޗު ކެންސަލް ކުރުމުން ގެއްލުމުގެ ބަދަލު ހޯދުމަށް އިރާނުން މަސައްކަތް ކުރަނީ
 
މެޗު ބެލުމަށްޓަކާ 40،000ށްވުރެ ގިނަ ޓިކެޓު މިހާރު ވަނީ ވިއްކާފައި

ކެނަޑާއާ އިރާން ކުޅުމަށް ރާވާފައިވާ އެކުވެރިކަމުގެ ފުޓްބޯޅަ މެޗު ކެނަޑާއިން ކެންސަލް ކުރުމުން ގެއްލުމުގެ ބަދަލު ހޯދަން މަސައްކަތް ކުރާނެކަމަށް އިރާނުން ބުނެފިއެވެ.

މިއަހަރުގެ ފަހު ކޮޅު ގަތަރުގައި އޮންނަ ފީފާ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ކުޅުމަށް ހަމަޖެހިފައިވާ މި މެޗު ކެނަޑާއިން ކެންސަލްކުރީ އެގައުމުގެ ސިޔާސީ ފިއްތުންތަކާއި ރައްޔިތުންގެ ޕްރެޝަރާ ހެދިއެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައި އޮތީ ޖޫން ފަސްވަނަ ދުވަހު ކެނަޑާގެ ވެންކޫވާ ސްޓޭޑިއަމްގައެވެ.

ކެނަޑާއިން މެޗު ކެންސަލް ކުރުމާއެކު އިރާންގެ ޑެޕިއުޓީ ސްޕޯޓްސް މިނިސްޓަރ ވިދާޅުވީ ލިބުނު ގެއްލުމުގެ ބަދަލުގައި 10 މިލިއަން ޑޮލަރު ހޯދުމަށް މަސައްކަތް ކުރާނެ ކަމަށެވެ. މި މެޗު ބެލުމަށްޓަކާ 40،000ށްވުރެ ގިނަ ޓިކެޓު މިހާރު ވަނީ ވިއްކާފައެވެ. ކެނަޑާއިން ބުނީ ޓިކެޓު ގަނެފައިވާ ފަރާތްތަކަށް އިތުރު މައުލޫމާތު ފޯރުކޮށްދެމުން ގެންދާނެ ކަމަށެވެ.

މިއަހަރުގެ ވޯލްޑް ކަޕްއަށް ކެނަޑާ ކޮލިފައިވެފައި މިވަނީ 36 އަހަރަށް ފަހުއެވެ. އަނެއްކޮޅުން އިރާން މިހާރު އޮތީ ފީފާ ރޭންކިންގެ 21 ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
100%
0%
0%
0%
0%
ކޮމެންޓް