ކ. މާލެ
|
27 މެއި 2022 | ހުކުރު 01:18
އެސޯސިއޭޝަން ކަޕްގެ ތެރެއިން
އެސޯސިއޭޝަން ކަޕްގެ ތެރެއިން
ވީއޭއެމް
އެސޯސިއޭޝަން ކަޕް 2022
އެސޯސިއޭޝަން ކަޕް: ވެމްކޯއަށް ބޮޑު މޮޅެއް
 
ދެވަނަ މެޗުން މޮޅުވީ ޕޮލިސް ކުލަބް
 
ވެމްކޯ މޮޅުވީ ތަފާތު ބޮޑު ނަތީޖާއަކުން

އެސޯސިއޭޝަން ކަޕްގެ އަންހެން ޑިވިޝަންގައި މިރޭ އަލްމާ ސްޕޯޓްސް ކުލަބާއި ކުލަބް ވެމްކޯ ބައްދަލުކުރި މެޗު ބޮޑު ތަފާތަކުން ވެމްކޯ ކާމިޔާބުކޮށްފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތެރޭ ހޯލުގައި މިރޭ ކުޅުނު މެޗުގައި އަލްމާ ސްޕޯޓްސްގެ މައްޗަށް ވެމްކޯއިން ކުރި ހޯދީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ވެމްކޯއިން ހޯދީ 04-25، 07-25 އަދި 05-25 ންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެމްކޯގެ އައިޝަތު މާޖީދާއެވެ.

މިރޭ ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ ޕޮލިސް ކުލަބާއި ކުލަބް އީގަލްސްއެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ޕޮލިސް ކުލަބެވެ. މެޗުގެ ސެޓުތައް ޕޮލިހުން ހޯދީ 19-25، 21-25 އަދި 20-25 ންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕޮލިހުގެ ހައްވާ ރާޝިދާއެވެ.

މުބާރާތުގައި މާދަމާ ރޭގެ ފުރަތަަމަ މެޗުގައި ކުލަބް ވޮލީބޯލް ނިކުންނާނީ ހިންމަފުށި ވިކްޓޯރިއަސް ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި ވޮލީބޯލް ޔޫތު ޖެނަރޭޝަން ނިކުންނާނީ ކުލަބް ހާފްލައިން ލިންކޭޖާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް